އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް މި ހަފްތާ ބަންދުގައި އެއް ދުވަހު ބޭނުން ކުރެވޭ އިންޓަނެޓާއި ހިލޭ ކޯލްސްގެ އަގުހެޔޮ ޕެކޭޖެއް ތައާރަފުކޮށްފި އެވެ.
ޖުމްހޫރީ ދުވަސްވެސް ހިމެނިގެންދާ މި ދިގު ހަފްތާ ބަންދާއި ދިމާކޮށް އުރީދޫއިން ތައާރަފު ކުރި މި ޕެކޭޖުގެ އަގަކީ 35 ރުފިޔާ އެވެ.
އުރީދޫއިން ބުނީ މުޅިދުވަހަށް ބޭނުން ކުރެވޭ އެ ޕެކޭޖު ނެގުމުން އެއް ޖީބީ އިންޓަނެޓާއި އަންލިމިޓެޑްކޮށް އުރީދޫ ނަމްބަރުތަކަށް ހިލޭ ގުޅޭނެ ކަމަށެވެ.
ގާތް އެކުވެރިޔަކަށް ގުޅާލައި ޗެޓްކޮށް، ވީޑިއޯ ކޯލް ކޮށްލަން މިއީ ރަނގަޅު ފުރުސަތެއްކަމަށް އުރީދޫއިން ބުނެ އެވެ. އަދި އެންމެ ބަލާލަން ބޭނުންވާ ޓީވީ ޝޯއެއް އޮންލައިންކޮށް ބަލާލަންވެސް މިއީ ރަނނުގެ ފުރުސަތެކެވެ.
މި ޕެކޭޖު އުރީދޫ އެޕްލިކޭޝަން އަދި ފޯނު މެދުވެރިކޮށް ނެގޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް