މާލޭ ސަރަހައްދުގެ އެންޓިބޮޑީ ސާމްޕަލް ނަގާ ނިންމައިފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ އެންޓިބޮޑީ ސާމްޕަލް ނަގާ ނިމިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ. މިއީ މާލޭގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ބެ...

12 Nov 2020 | 14:11

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ އެންޓިބޮޑީ ސާމްޕަލް ނަގާ ނިމިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

މިއީ މާލޭގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ބެލުމަށް ނެގި ސާމްޕަލް އެވެ.

މި ސާމްޕަލް ނަގަން ފަށާފައިވަނީ އެޗްޕީއޭ އާއި އެމްއެންޔޫ ގުޅިގެން މީގެ 28 ދުވަސް ކުރިން ނެވެ.

އެ ސާރވޭއަށް ބައިވެރިން ހޮވާފައިވަނީ އެކި އުމުރުފުރާގެ ތެރެއިން ރެންޑަމްކޮށެވެ. އެ ދިރާސާގައި 4098 މީހުން ބައިވެރިކުރާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

އެ ދިރާސާ ކުރުމަށް ސަތާރަ އަހަރުން ދަށުގެ 936 ސާމްޕަލެއް ނަގާ އިރު، 18 އަހަރާއި 34 އަހަރާ ދެމެދުގެ 1730 ސާމްޕަލް ނަގާނެ އެވެ. އަދި 35 އަހަރާއި 59 އަހަރާ ދެމެދުގެ 1232 ސާމްޕަލެއް ނަގާ އިރު، 60 އަހަރުން މަތީގެ މީހުންގެ 200 ސާމްޕަލް ނަގާނެ އެވެ.

ޖުމްލަ 4098 ސާމްޕަލް އެ ދިރާސާގެ ބޭނުމަށް ނަގާއިރު، ބައިވެރިންގެ އަދަދު ކަނޑައަޅާފައިވަނީ ދިރާސާގެ ނަތީޖާއަކީ ސައްހަ ނަތީޖާއަކަށް ވުމަށް އެންމެ މަދުވެގެން ބޭނުންވާ މިންވަރު ބަލައި އިލްމީދިރާސާތައް ކުރާ ގޮތްތަކަށް ބިނާކޮށެވެ.

މާލޭ ސަރަހައްދުގެ އެންޓިބޮޑީ ސާރވޭ ފުރިހަމަކުރެވިފައިވާތީ އެޗްޕީއޭ އިން ވަނީ އެ ސާވޭގައި ބައިވެރިވި ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް