ރައްޔިތުން ބޭނުންވާ ކަންކަން މިސަރުކާރުން ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް: އަލީ އާޒިމް

ރައްޔިތުން ބޭނުންވާ ކަންކަން މިސަރުކާރުން ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެމްޑީޕީގެ ޕީޖީ ލީޑާރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ދިވެހި ރައްޔިތުން ތިބީ މީގެ 8 ވަރަކަށް...

12 Nov 2020 | 12:35

ރައްޔިތުން ބޭނުންވާ ކަންކަން މިސަރުކާރުން ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެމްޑީޕީގެ ޕީޖީ ލީޑާރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ދިވެހި ރައްޔިތުން ތިބީ މީގެ 8 ވަރަކަށް އަހަރު ކުރިން ފެށިގެން ބޮޑު މާޔޫސް ކަމެއްގެ ތެރޭގައި ކަމަށެވެ. އެހެން ކަމުން މިސަރުކާރު ވެރިކަމަށް އައުމުން، ރައްޔިތުން ސަރުކާރާއި މެދު ކުރަމުންދާ އުއްމީދު ވަރަށް ބޮޑު ވާނެ ކަމަށެވެ.

އެހެން ކަމުން ރައްޔިތުން ބޭނުން ވާ ކަންކަން ކޮށްދިނުމަށް ވަގުތު ބޭނުން ވާނެ ކަމަށާއި، ރައްޔިތުން ބޭނުންވާ ކަންކަން މިސަރުކާރުން ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މިއީ ސަރުކާރަށް ކަންކަން ނުކޮށްދެވޭ ކަމަށްބުނެ އަޑު އުފުލަން ވީ ވަގުތު ނޫން ކަމަށާއި އެފަދަ ވާހަކަތައް ދައްކަން އަދިމާ އަވަސް ކަމަށެވެ.

ކޯލިޝަނެއްގެ ތެރެއިން ރާއްޖޭގެ ވެރިކަމަށް އެމްޑީޕީ އައިސް، ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައިވެސް ފުއްދާނެ ކަމަށް ބުނަމުން އައިސް، ވެރިކަމަށް އައިތާ 2 އަހަރު ވެގެން ދިޔައިރު ވެސް ރައްޔިތުންނަށް ވީ ވައުދުތައް ފުއްދާފައިނުވާ ކަމަށް ބުނެ، އިދިކޮޅު ކޯލިޝަނުން އަންނަނީ ސަރުކާރަށް ވަރަށްބޮޑަށް ފާޑުކިޔަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް