ލޮނުޒިޔާރަތް ޕާކުން ކުޑަކުދިންނަށް ދަސްވާނީ ގަސްގަހަށް ލޯބި އެފެއްދުން: މޭޔަރ ޝިފާ

ލޮނުޒިޔާރަތް ޕާކުން ކުޑަކުދިންނަށް ދަސްވާނީ ގަސްގަހަށް ލޯބި އެފެއްދުން ކަމަށް މާލޭސިޓީ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވެއްޖެ އެވެ. އެ ޕާކު ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝި...

12 Nov 2020 | 11:18

ލޮނުޒިޔާރަތް ޕާކުން ކުޑަކުދިންނަށް ދަސްވާނީ ގަސްގަހަށް ލޯބި އެފެއްދުން ކަމަށް މާލޭސިޓީ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

އެ ޕާކު ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ އެ ޕާކުން ދިވެހިރާއްޖޭގެ ގަސްގަހަކީ ކޮބައިކަން ދެނެގަނެވި، އެކިއެކި މާމަލަށް ކިޔާ ނަންތައް ދެނެގަނެވޭނެ ކަމަށެވެ. އަދި މިފަދަ މާހައުލަކަށް ލޯބި ޖެއްސުން މި ޕާކުގެ ތެރެއިން ދަސްވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން ރާޅާ އަޅާ ފަރާތްތަކާއެކު ބޭއްވި މަޝްވަރާތަކުން، އެކުދިންނަށް ވެސް އެ ޕާކު ބައްޓަން ކުރެވިފައިވާ ކަމަށް ވެސް ޝިފާ ވިދާޅުވި އެވެ. އަދި ލޮނުޒިޔާރަތް ޕާކުން ޖުމްލަ ގޮތެއްގައި ހުރިހާ ޢުމުރުފުރައަކަށް ވެސް ހިތްހަމަ ޖެހުމާއި އުފާ ލިބޭނެ ކަމަށް ވެސް މޭޔަރ ޝިފާ ވިދާޅުވިއެވެ.

"މިތަނަކީ އެކި ޢުމުރުފުރައިގެ މީހުން ހިތްހަމަޖެހިލަން އަންނާނެ މެހެފިލަކަށް ވާނެ. ޢުމުރުން ދުވަސްވީ މީހުން ހެނދުނުގެ ވަގުތު އަވީގައި ޖެހިލުމަށް ވެސް އެންމެ ކަމުދާނެ އެއްތަނަށް މިތަން ވާނެ. އަދި ޒުވާނުން އައިސް ހިތްހަމަ ޖެހިލާ، ރައްޓެހިންނާއެކު މަޑުކޮށްލަން ވެސް ވަރަށް ކަމުދާ ތަނަކަށް ލޮނުޒިޔާރަތް ޕާކު ވާނެ." ޝިފާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝިފާ އިތުރަށް ވިދާޅުވީ ކަސްރަތު ކުރާ މީހުންނަށް ވެސް މިތަނަކީ ވަރަށް މުހިންމު ތަނަކަށް ވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް