ގިނައިން ކަޅުސައި ބޯ މީހުން ހާރޓް އެޓޭކް އަދި ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަ: ދިރާސާ

ސަޔަކީ އަޅުގަނޑުމެންގެ މި ރާއްޖޭގައިވެސް ވަރަށް އާންމު އެއްޗެކެވެ. ހެނދުނުވެސް ހަވީރުވެސް އަދި ރޭގަނޑުވެސް ބައެއް މީހުން ސައިތައްޓެއް ބޯލުމަކީ އާދައެކެވެ. އެގޮތުން ސަޔަކީ ވަރަށް މުހިންމު ވަރައް ފައިދާ...

12 Nov 2020 | 10:35

ސަޔަކީ އަޅުގަނޑުމެންގެ މި ރާއްޖޭގައިވެސް ވަރަށް އާންމު އެއްޗެކެވެ. ހެނދުނުވެސް ހަވީރުވެސް އަދި ރޭގަނޑުވެސް ބައެއް މީހުން ސައިތައްޓެއް ބޯލުމަކީ އާދައެކެވެ. އެގޮތުން ސަޔަކީ ވަރަށް މުހިންމު ވަރައް ފައިދާހުރި އެއްޗެކެވެ. އެގޮތުން ބަލާލާއިރު، ސައިގައި އެންޑި އޮކްސިޑެންޓްގެ މިންވަރު ވަރަށް ގިނައިން  އެކުލެވިގެން ވެއެވެ. މިމާއްދާ އަކީ އުމުރުން ދުވަސް ވުމުން ކުރިމަތިވާ އުދަގޫތަކާއި ވައި ނުސާފުވުން ދިމާވާ ކަންތައްތަކުން ހިމާޔަތްވުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.

ކެފޭއިން ކޮންމެވެސް ރަކަށް އެކުލެވުނަސް ކޮފީއަށްވުރެ ސައިގައި ކެފޭއިން ހުންނަ މިންވަރު މާ ބޮޑަށް ވެސް ދަށެވެ. 8 އައުންސް ކޮފީ ބޭނުންކޮށްގެން ތައްޔާރުކުރާ ކޮފީ ޖޯޑެއްގައި 135މގ ގެ ކެފޭއިން އެކުލެވެއެވެ. ހަމަމިވަރުގެ ސައި ތައްޓެއްގައި ކެފޭއިން ހުންނަނީ 30 ނުވަތަ 40މގ އެވެ.

ހާރޓް އެޓޭކް އަދި ސްޓްރޯކް ޖެހުމުގެ ފުރުސަތު ސައިބުއިމުން ކުޑަކޮށް ދޭކަމަށް ދިރާސާތަކުން ދައްކައެވެ. ސައިބުއިމަކީ ލޭހޮޅި ތަކުގައި ލޭގަނޑުކޮޅު އުފެދުނަނުދީ ލޭހޮޅިތައް އޮމާންކަން މަތީ ދެމެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ. ހޮލޭންޑް ގައި ކުރެވުނު ދިރާސާއަކުން ދައްކާގޮތުން ސައި ނުބޯމީހުންނާއި އަޅާކިޔާއިރު އާންމުކޮށް ދުވާލަކު 2 ނުވަތަ 3 ތަށި ސައިބޮއި ހަދާ އުޅޭ މީހުންނަށް ހާރޓް އެޓޭކް ޖެހުމުގެ ފުރުސަތު ކުޑަ ކަމަށް ވެއެވެ.

އެމެރިކާގެ ބޮސްޓަން ޔުނިވަސިޓީގެ ބާހިޘުން ތަކެއް ދާދި ފަހުން ހާމަކޮށްފައިވާ ގޮތުގައި ހިތާއި ގުޅިފައިވާ ލޭހޮޅިތައް ހަލާކު ވެގެން ދާ ބަލި ހުންނަ މީހުން ކަޅު ސައި ބުއިމުން އެލޭހޮޅިތައް ކުރިން ހުރި ހާލަތަށް އިއާދަވުމަށް އެހީތެރިވެދެ އެވެ. އެހެން ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ކަޅުސައި ބުއިމަކީ ހަށިގަނޑުގައި ހިމެނޭ ރަގަޅު ކޮލެސްޓްރޯލް (އެލްޑީއެލް) މަދުކުރުމާއި ނުލައި ނުރަގަޅު ކޮލެސްޓްރޯލް(އެޗްޑީއެލް) އެކުލެވޭ މިންވަރު ދަށްކޮށްދޭ ކަމެކެވެ.

ކަށިތައް ހިމާޔަތްކޮށް ދެމެހެއްޓުމުގައި ސައި އެހީތެރިވެދެއެވެ. އާންމުކޮށް ސައިބޮއި އުޅޭ މީހުންނާއި ނުބޮއި އުޅޭމީހުން ބައިވެރިކޮށްގެން ހެދި ދިރާސާއެއް ދައްކާގޮތުން ދިގުމުއްދަތަކަށް ސައިބޮއި އުޅޭމީހުންގެ ކަށިތައް ވަރުގަދަކަމަށް ވެއެވެ. އެއީ ސައިގައި ހިމެނޭ ފްލޮރައިޑް ކިޔާ މާއްދާއެއްގެ ސަބަބުން ކަމުގައި ބުނެވެއެވެ.

ސައި ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަ ކުރުމުގައި އެހީތެރި ވެދެއެވެ. ހަށިގަނޑު އިންފެކްޝަނާއި ހަގުރާމަ ކުރުމުގެ އެހީތެރިއަކަށް ސައި ވަނީ ވެފައެވެ. ދިރާސާއެއް ހެދުމަށް 21 މީހުން 4 ހަފްތާ ވަންދެން ކޮންމެ ދުވަހަކު 5 ތަށި ސައި ބޭނުންކުރިއެވެ. އެއަށްފަހު އެމީހުންގެ ދިފާއީ ނިޒާމް މަސައްކަތް ކުރާ ގޮތް ބެލިބެލުމުން އެގުނީ އެމީހުންގެ ދިފާއީ ނިޒާމްގެ މަސައްކަތް އާދަޔާޚިލާފަށް ރަގަޅުވެފައިވާ ކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް