96 މޭލު ބާރު ވަޔާއެކު ތޫފާން ވެމްކޯ ޕިލިޕިންސް އަށް އަރާ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ފިލިޕީންސްގެ ވެރިރަށް މެނީލާއަށް އެރި މި ޠޫފާނުގެ ސަބަބުން އެ ސިޓީ އެއްކޮށް ކަހަލަ ގޮތަކަށް ފެންބޮޑުވެފައިވާ އިރު، ގިނަ ބަޔަކުވަނީ ގޭގޭގެ ފުރާޅުމަތީގައި ތާށިވެފައެވެ.
މި ތޫފާނުގައި މިހާތަނަށް މަރުވެފައިވަނީ އެކަކު ކަމަށް ރިޕޯޓުތަކުން ބުނި ނަމަވެސް އެ ޢަދަދު އިތުރުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
މީގެ އިތުރުން ލުޒޯން ސިޓީގެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްވެސް ހިނގާފައެވެ. އަދި އެ ޤައުމުގެ އައްސޭރިފަށުގައި އަދިވެސް ވަނީ މި ޠޫފާންގެ އަސަރު ކުރަމުންނެވެ.
12 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މެނީލާ މިހާރު ވަނީ ބަންދުކޮށްފައެވެ. އަދި އެ ސީޓީ އާއި އިންވެގެން އޮންނަ ސަރަހައްދުތައްވެސް ބަންދުކުރުމަށް ވަނީ އަންގާފަ އެވެ.
"ގިނަ ހިސާބުތައް އަދިވެސް ވަނީ ފެނުއަޑީގައި. އެހީތެރިކަމަށް އެދި މީހުން ރޯ އަޑުވެސް އިވޭ" 53 އަހަރުގެ ރިޓަޔަޑް ޑިޒާސްޓަރ އޮފިސަރ ރުއެލް ސަންޓޯސް ބުނެފައިވެއެވެ.
މި ޠޫފާންގެ ބާރު ފުރާނައަށް ނުރައްކާވާ ދަރަޖައަށް ހުރި ކަމަށް މޫސުމާއި ބެހޭ އިދާރާތަކުން އަދިވެސް ވަނީ ބުނަމުންނެވެ. އަދި ކަނޑުގެ އައްސޭރިފަށުގައި ދިރިއުޅެމުންދާ ފަރާތްތަކުން ކަނޑުގެ ބޮޑެތި ރާޅުތަކަށް ސަމާލުވުމަށްވެސް ވަނީ އަންގާފައެވެ.
މިއީ ވޭތުވެދިޔަ ހަފްތާތަކުގެ ތެރޭގައި ފިލިޕީންސްއަށް އެރި 3 ވަނަ ޠޫފާނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް