އަންނަދައުރުގައިވެސް އެމެރިކާގެ ރައީސްގެ މަގާމުގައި ހުންނަވާނީ ޓްރަމްޕު: ޕޮމްޕެއޯ

އަންނަދައުރުގައިވެސް އެމެރިކާގެ ރައީސްގެ މަގާމުގައި ހުންނަވާނީ ޑޮނަލްޑް ޓްރަމްޕު ކަމަށް އެމެރިކާގެ ސެކެރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގައި ބޭއްވި ނޫ...

12 Nov 2020 | 09:03

އަންނަދައުރުގައިވެސް އެމެރިކާގެ ރައީސްގެ މަގާމުގައި ހުންނަވާނީ ޑޮނަލްޑް ޓްރަމްޕު ކަމަށް އެމެރިކާގެ ސެކެރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮމްޕެއޯ ވިދާޅުވީ ބައިޑެން އިންތިޚާބު ކާމިޔާބުކުރިކަމަށް ބަލައިނުގަންނަ ކަމަށެވެ. އަދި ހުރިހާ ވޯޓުތަކެއް ގުނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް މަސައްކަތް ފަށާނީވެސް އަމާންކަމާ އެކީ ކަމަށެވެ. އަދި އެގައުމުގައި ހިނގަމުންދާ ހުރިހާ ކަންތައްތަކެއް މުޅި ދުނިޔެ ގާތުން ބަލަމުން އަންނަ ކަމަށެވެ.

" ހުރިހާ ކަމެއް ނިމުމުން އިންތިޚާބު ނިމި، ބަޔަކު އިންތިޚާބު ވާނެ. އެއީ ގާނޫނުގައި އިންތިޚާބުގެ ކަންކަމާ ބެހޭގޮތުން އޮންނަ ގޮތް. ސަރުކާރު ދެވަނަ ދައުރަކަށް ބަދަލުވުމަށް ކުރަން ޖެހޭ ހުރިހާކަމެއް ކުރަމުން މިދަނީ. ޖެނުއަރީ 20 ގެ ފަހުންވެސް ހުންނަވާނީ މިހާރުގެ ރައީސް ޓްރަމްޕު." ޕޮމެޕެއޯ ވިދާޅުވި އެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ނިމި، މިހާރު ކުރިއަށް ދަނީ ވޯޓު ގުނުމުގެ އެންމެ ފަހު މަރުހަލާ އެވެ.

މިހާތަނަށް ލިބުނު ވޯޓުގެ ނިސްބަތުން އިންތިޚާބު ކާމިޔާބު ކުރެއްވި ކަމަށް ދައްކަނީ އިދިކޮޅު ލީޑަރު ޖޯ ބައިޑަން އެވެ.

އެހެންކަމުން މިހާރުގެ ރައީސް ޓްރަމްޕު ވިދާޅުވަމުން ގެންދަވަނީ އިންތިޚާބުގައި ބޮޑެތި އޮޅުވާލުންތަކާއި މަކަރުހެދުން ފާހަގަވެފައިވާ ކަމަށެވެ. އަދި ބައެއް ސްޓޭޓްތަކުގެ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށެވެ.

އެގޮތުން އެ މައްސަލަ ކޯޓަށް ވެއްދުމަށް ވެސް އަންނަނީ ތައްޔާރުވަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް