ވެނުއާޓޫގައި ކޮވިޑްގެ ފުރަތަމަ ކޭސް، ގައުމުން ބޭރުން އައި މީހެއްގެ ފަރާތުން ފެނިއްޖެ އެވެ.
އެގައުމުގެ ޕަބްލިކް ހެލްތު ޑިރެކްޓަރު ލެން ޓަރިވޮންޑާ އާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ މި ކޭސް ފެނިފައިވަނީ އެގައުމަށް އެތެރެވެފައިވާ އުމުރުން 23 އަހަރުގެ އެމެރިކާ މީހެއްގެ ކިބައިން ކަމަށެވެ.
"އޭނާ ކަރަންޓީނު ކުރުމަށްފަހު ފަސްވަނަ ދުވަހު ހެދި ޓެސްޓުން ޕޮޒިޓިވް ވެފައިވަނީ. މިއީ ފުރަތަމަ ކޭސް. ގައުމުން ބޭރުން އައި މީހަކަށްވެފައި އެމީހާ ހުރީ ކަރަންޓީނުގައި ކަމަށްވާތީ، މިއީ ބަލިމަޑުކަން އެގައުމުގެ އާންމުންނަށް ފެތުރުން ކަމުގައި ނުވާނެ." ލެން ޓަރިވޮންޑާ ވިދާޅުވި އެވެ.
ޕެސިފިކް ކަނޑުގެ ޖަޒީރާ ރަށެއް ކަމަށްވާ ވެނުއާޓޫ އިން ކޮވިޑުގެ ފުރަތަމަ ކޭސް ފެނިފައިވީ ނަމަވެސް އެމީހާގެ ހަށިގަނޑުން އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
ނަމަވެސް، އޭނާއާއެކު އެގައުމަށް ދަތުރުކުރި އެހެން މީހުންވެސް އައިސޮލޭޓް ކޮށްފައިވާ ކަމަށް ލެން ޓަރިވޮންޑާ އާ ޙަވާލާދީ ޚަބަރުތައް ބުނެ އެވެ.
ވެނުއާޓޫ އިން ވަނީ ދުނިޔޭގެ ގައުމުތަކުން ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށުމާއެކު މިއަހަރުގެ މާރޗް މަހު އެގައުމުގެ ބޯޑަރުތައް ބަންދުކޮށްފައެވެ.
އެހެންނަމަވެސް ޚާއްސަ ހާލަތްތަކުގައި ދާ ފްލައިޓުތަކަށް އެގައުމަށް ޖެއްސުމުގެ ހުއްދަ ވަނީ ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް