ށ. ފުނަދޫގައި އަލަށް އިމާރާތް ކުރި މިސްކިތް ހުޅުވައިފި

ށ. ފުނަދޫގައި އަލަށް އިމާރާތް ކުރެވުނު މިސްކިތް ހުޅުވައިފި އެވެ. މި މިސްކިތް ހުޅުވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ. ސަރުކާރުގެ ބަޖެޓުން 4.5 މިލިއަން ރުފިޔާ ޚ...

12 Nov 2020 | 08:30

ށ. ފުނަދޫގައި އަލަށް އިމާރާތް ކުރެވުނު މިސްކިތް ހުޅުވައިފި އެވެ.

މި މިސްކިތް ހުޅުވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ.

ސަރުކާރުގެ ބަޖެޓުން 4.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކޮށްފައިވާ މި މިސްކިތުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެފަރާތުންނެވެ.

މަސްޖިދުލް ރިޟްވާން ގެ ނަމުން ނަންދީފައިވާ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މިސްކިތް އިމާރާތް ކުރަން ފަށާފައިވަނީ 17 ނޮވެމްބަރ 2019 ވަނަ ދުވަހުއެވެ. އަދި މަސައްކަތް އެއްކޮށް ނިންމާލެވިފައިވަނީ 30 ސެޕްޓެމްބަރ 2020 ވަނަ ދުވަހުއެވެ.

މިނިސްޓަރ މި މިސްކިތް ހުޅުވައިދެއްވައިފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް