ހދ. ކުމުންދޫގައި ބޭއްވި ކޭވައިއެސް ފުޓްސަލް ލީގުގެ ޗެމްޕިއަންކަން ސީއެސް ވުމަންސް ހޯދައިފި އެވެ.
އެޓީމުން ޗެމްޕިއަންކަން ފައިނަލު މެޗުގައި ސަންދިޔާ އާ ވާދަކޮށް 0-5 ލަނޑުން މެޗު ކާމިޔާބު ކޮށްގެން ނެވެ.
މި މެޗުގައި އެޓީމަށް ލަނޑުތައް ޖަހައިދިނީ ސާއިދާ މޫސާ، ރާއިދާ މޫސާ އަދި ޝަހުލާ އާދަމް އެވެ. އެޓީމުގެ އަނެއް ދެ ގޯލަކީ ސަންދިޔާ ޓީމުގެ ކުޅުންތެރިންގެ އަތުން ބައިކޮޅަށް ވަން ދެ ގޯލެވެ.
މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ސީއެސް ވުމަންސްގެ ގޯލް ކީޕަރު ސަލްމާ ހަސަން، ސަންދިޔާގެ ރާޝިދާ މޫސާ، ޒީރު ސްޕޯޓްސްގެ ހަނީފާ ޢަބްދުﷲ، ޓަރފް ކްއީސްގެ ސަހީމާ ހަސަން އަދި ސީއެސް ވުމަންސްގެ ޝަހުލާ އާދަމް އެވެ.
ކުމުންދޫ ކަނބަލުންނަށް ޚާއްސަކޮށްގެން ބޭއްވި ފުރަތަމަ ފުޓްސަލް މުބާރާތުގެ ކްއީން އޮފް ދަ ޓޯނަމެންޓުގެ މަގާމު ސީއެސް ވުމަންސްގެ ޝަހުލާ އާދަމް ހޯދި އިރު، ފެއރޕްލޭ ޓީމަކަށް ހޮވުނީ ޒީރު ސްޕޯޓްސް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް