ރާއްޖޭގައި ދޭން އުޅުނު ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައި މީހުން ހައްޔަރު ކޮށްފައިވަނީ މާލެ އާއި ތ. ތިމަރަފުށިން ކަމަށެވެ.
މިހާތަނަށް މި މައްސަލައިގަ ފުލުހުން ހަ މީހަކު ހައްޔަރުކޮށްފައިވެ އެވެ.
ފުލުހުން ބުނީ މި މައްސަލައިގަ އިތުރަށް ހައްޔަރު ކުރީ ތ. ތިމަރަފުށީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެ މީހާގެ އިތުރުން މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ 20 އަހަރާއި 21 އަހަރު، 29 އަހަރު، 18 އަހަރު އަދި 34 އަހަރުގެ ދިވެހި ފިރިހެނުންނެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދަނީ މާލެ އާއި ތ. ތިމަރަފުށީގެ އިތުރުން ކަނޑުމަތީގަ އެވެ. މި އޮޕަރޭޝަން ފަށާފައިވަނީ އިއްޔެ އެވެ.
މި މައްސަލަ އާިއ ގުޅޭ އިތުރު ތަފްސީލް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް