ރޭގަނޑު ނުނިދާ ޑިއުޓީ ކުރާ މީހުންނަށް ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ބޮޑު: ދިރާސާ

ތަފާތު ވަޒީފާތަށް އަދާކުރާ މީހުން އުޅެއެވެ. އޭގެތެރޭގައި ހަމަ އެކަނި ދުވާލު މަސައްކަތް ކުރާ މީހުންނާއި 24 ގަޑި އިރު ޝިފްޓް ޑިއުޓީ އަދާ ކުރާ މީހުންނެވެ. ހަގީގަތަށް ބުނަންޏާ އަޅުގަނޑުމެންގެ މި ކުޑަކުޑަ ...

12 Nov 2020 | 04:41

ތަފާތު ވަޒީފާތަށް އަދާކުރާ މީހުން އުޅެއެވެ. އޭގެތެރޭގައި ހަމަ އެކަނި ދުވާލު މަސައްކަތް ކުރާ މީހުންނާއި 24 ގަޑި އިރު ޝިފްޓް ޑިއުޓީ އަދާ ކުރާ މީހުންނެވެ.

ހަގީގަތަށް ބުނަންޏާ އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖޭގައި ވެސް 24 ގަޑި އިރު ޝިފްޓް ދިއުޓީ ކުރާ މީހުން ނިސްބަތުން ގިނަކަން ފާހަގަ ކުރެއެވެ. ޝިފްޓް ޑިއުޓީ ކުރާ މީހުންނަކީ ގިނަ ފަހަރަށް ރޭ ގަނޑުގެ އަރާމު ނިދިން މަހުރޫމް ވާބައެކެވެ. އެގޮތުން ރޭ ގަނޑުގެ ނިދި ނުލިބި މިގޮތަށް ހޭލާ ހުރެ ވަޒީފާގެ ގޮތުން ވިޔަސް އަދި އެހެން ގޮތަކުން ވިޔަސް ހޭދަ ކުރުމަކީ ސިއްޚީ ބޮޑެތި މައްސަލަތަށް ދިމާވާ ކަމެކެވެ. އެގޮތުން އެފަދަ މީހުންނަށް ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާތަކުން ދައްކައެވެ.

އާންމުގޮތެއްގައި ޝިފްޓް ޑިއުޓީ ކުރާ މުވައްޒަފުން މަސައްކަތް ކުރާ ތަންތަނުގެ ތެރޭގައި ސިއްޚީ ޚިދުމަތް ދޭ ހޮސްޕިޓަލްފަދަ ތަންތަނާއި އޭވިއޭޝަން ސެކިއުރިޓީގެ ޚިދުމަތް ދޭ އެއާރޕޯޓް ތަކުގެ އިތުރުން ނޭޝަނަލް ސެކިއުރިޓީ ޚިދުަމަތް ދޭ ތަންތަން ހިމެނެއެވެ.

ހަގީގަތުގައި ރޭގަނޑުގެ ނިންޖަކީ ހަށިގަނޑުގެ މަސައްކަތްތައް ރަނގަޅަށް ކުރިއަށް ގެންދަން ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް ބައެއް މީހުން އަދާކުރާ ވަޒީފާގެ ގޮތުން ޝިފްޓް ޑިއުޓީގައި ރޭގަނޑުވެސް މަސައްކަތް ކުރަންޖެހެއެވެ.

އިނގިރޭސިވިލާތުގެ ޔުނިވާސިޓީއަކުން ކުރި ދިރާސާއަކުން ހާމަވި ގޮތުގައި ރޭގަނޑުގެ ނިދިން މަހުރޫމުވެ، ގިނަ ދުވަސްތަކެއް ވަންދެން ރޭގަނޑު މަސައްކަތްކުރުމަކީ ސިއްޚީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތި ކުރުވާ ކަމެކެވެ. އެގޮތުން އެފަދަ މީހުންގެ ސިކުނޑި އާއި ހިތަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ.  ފިރިހެނުންނަށްވުރެ އަންހެނުންނަށް މިކަމުން ކުރާ އަސަރު ބޮޑު ކަމަށްވެސް ދިރާސާއިން ހާމަވިއެވެ.

ދުވާލު ޝިފްޓް ޑިއުޓީގައި މަސައްކަތްކުރާއިރު، މުވައްޒަފުންނަށް ކަންކަމަށް ސަމާލުކަންދެވޭ މިންވަރު އިތުރުވި ނަމަވެސް ރޭގަނޑު ޝިފްޓް ޑިއުޓީ ކުރާ މުވައްޒަފުންނަށް ކަންކަމަށް ސަމާލުކަންދެވޭ މިންވަރު ވަރަށް ކުޑަ ކަމަށް ދިރާސާ ކުރި ފަރާތުން ބުންޏެވެ.

ރޭގަނޑު ނުނިދާ އާންމުކޮށް ޝިފްޓްޓް ޑިއުޓީ ކުރާ މީހުންނަށް ނުރައްކާތެރިކަން ބޮޑުކަމަށް ވެސް މި ދިރާސާގައި ބުނެފައިވެއެވެ. އެގޮތުން ރޭ ގަނޑު ނިދި ނުލިބޭ ގޮތަށް އާންމުކޮށް މަސައްކަތްކުރުމަކީ ފަލަވުމާއި ހަކުރު ބައްޔަށް ވެސް މަގުފަހިވާ ކަމެއް ކަމަށް ދިރާސާ ކުރި ފަރާތުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް