ގެނބުނު ޗައިނާގެ ދެ ޓޫރިސްޓަކަށް ފަރުވާ ދެނީ

ކ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ޗައިނާ ދެ ޓޫރިސްޓަކު ގެނބިގެން ފަރުވާ ދޭން ފަށައިފި އެވެ. ފުލުހުން ބުނީ މިއަދު ހިނގި އެ ހާދިސާގައި ގެނބުނީ  ޗައިނާއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ފިރިހެނ...

12 Oct 2026 | 14:13
ރާއްޖޭގެ ރިސޯޓެއްގައި ޓޫރިސްޓަކު --

ރާއްޖޭގެ ރިސޯޓެއްގައި ޓޫރިސްޓަކު --

ކ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ޗައިނާ ދެ ޓޫރިސްޓަކު ގެނބިގެން ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ މިއަދު ހިނގި އެ ހާދިސާގައި ގެނބުނީ  ޗައިނާއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ އަންހެނެއް ކަމަށެވެ.

އެ މީހުން މާލެ ގެނެސް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ދަނި ފަރުވާ ދެމުންނެވެ. ފުލުބުން ބުނީ އެމީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް