މިޑް އިންޑިއަން ރިޖް ހިމެނޭ ސަރަހައްދު ދައްކައިދޭ ޗާޓެއް --
އައްޑޫ ސިޓީ އާއި 1،245 ކިލޯ މީޓަރު ދުރަށް ބިން ހެލުމެއް އަތުވެއްޖެ އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ބިން ހެލުން އައިސްފައިވަނީ މިޑް އިންޑިއަން ރިޖް ހިމެނޭ ސަރަހައްދަށެވެ.
މި ބިން ހެލުން ރެކޯޑު ކުރެވިފައިވަނީ ރެކްޓާ މިންގަނޑުން 5.2 ގެ ބާރު މިނުގައި އެވެ.
އެ ސަރަހައްދަށް ބިން ހެލުން އައީ ރާއްޖޭ ގަޑިން ހަވީރު 4:28 ގައި އެވެ.
މެޓް އޮފީހުން ބުނީ މި ބިން ހެލުމުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް