ކަލައިދޫ ބަނދަރުން ޑިންގީއަކުން ފޭބި މީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފި

ލ. ކަލައިދޫ ބަނދަރަށް ގާތްކުރި ޑިންގީއަކުން ފޭބި ލ. އިސްދޫ މީހެއްގެ އަތުން 120.28 ގުރާމުގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާ އެކު އެ މީހާ މި އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ހައްޔަރުކޮށްފިއެވެ. މި...

12 Oct 2026 | 06:05
N/A

N/A

ލ. ކަލައިދޫ ބަނދަރަށް ގާތްކުރި ޑިންގީއަކުން ފޭބި ލ. އިސްދޫ މީހެއްގެ އަތުން 120.28 ގުރާމުގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާ އެކު އެ މީހާ މި އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޕޫލްކިނާރާ / ލ. އިސްދޫ، ހުސައިން އަލީ (34އ) އެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އޭނާ ޑިންގީއިން ފައިބައިގެން އައި ވަގުތު ފުލުހުން ފެނުމާ އެކު ޝައްކު ކުރެވޭ ގޮތަށް އަމަލުތައް ބެހެއްޓުމަށް ފަހު، މަޑުކުރުމަށް އެންގުމުން ދުވެ ފިލުމަށް މަސައްކަތްކޮށްފައިވެއެވެ.

ފުލުހުން އޭނާ ހުއްޓުވައި، އޭނާ ފޮރުވި ތަކެތި ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ 120.28 ގުރާމުގެ ތަކެތި ފެނިފައިވެއެވެ. ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް