ޣައްޒާ މަސްރަޙް: ސުލްހައިގެ ދެވަނަ ދުވަހަކަށް އަލިވިލެންދާއިރު އުންމީދީ އަޑުތަކެއް !

ދެ އަހަރަށް ދިގުދެމިގެންގޮސްފައިވާ ހުއްޓުމެއްނެތް ހަމަލަތައް ހުއްޓައިލިތާ ދެވަނަ ދުވަހަށް އަލިވިލެންދާއިރު ފެންނަން އޮތީ އުންމީދީ ވާހަކަތަކެކެވެ. ޣައްޒާގެ ވަޒަންވެރި ރައްޔިތުން އެ ބައެއްގެ ސަހަރަށް އެ...

11 Oct 2025 | 22:52
ހަމަލަތަކުގައި ސުންނާފަތިކޮށްލާފައިވާ ޣައްޒާ – ފޮޓޯ: ކަމޭސް އަލްރޭފީ / އަނަދޮލު ނިއުސް އޭޖެންސީ

ހަމަލަތަކުގައި ސުންނާފަތިކޮށްލާފައިވާ ޣައްޒާ – ފޮޓޯ: ކަމޭސް އަލްރޭފީ / އަނަދޮލު ނިއުސް އޭޖެންސީ

ދެ އަހަރަށް ދިގުދެމިގެންގޮސްފައިވާ ހުއްޓުމެއްނެތް

ހަމަލަތައް ހުއްޓައިލިތާ ދެވަނަ ދުވަހަށް އަލިވިލެންދާއިރު ފެންނަން އޮތީ އުންމީދީ

ވާހަކަތަކެކެވެ.

ޣައްޒާގެ ވަޒަންވެރި ރައްޔިތުން އެ ބައެއްގެ

ސަހަރަށް އެބަޔަކު އެނބުރި ދިޔުމުގެ ދަތުރު ހާހުން ގުނާލެވޭ ޢަދަދުތަކުން

ކުރިއަށްގެންދާއިރު ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރުމަށް

ގޮވާލައި އިއްޔެވެސް އިސްރާއީލުގައި އެއްވުމެއް ބޭއްވިއެވެ. އިއްޔެގެ އެ އެއްވުމުގެ

ތަފާތަކީ އެ އެއްވުމުގައި ސުލްހައިގެ ޑީލްގައި އެމެރިކާ ތަމްސީލު ކުރާ ދެ

މީޑީއޭޓަރުން ކަމުގައިވާ އެމެރިކާގެ މުސީރު ސްޓީކް ވިޓްކޯފާއި އެމެރިކާގެ ރައީސް

ޓްރަމްޕްގެ ދަނބިދަރި ޖެރެޑް ކުޝްނާ ބައިވެރިވެ އިސްރާއީލުގެ އެ ފަރާތްތަކާ

މުހާތަބު ކުރި ކުރުމެވެ.

އެ ކްރައުޑާ މުހާތަބު ކުރަމުން ޓްރަމްޕްގެ

ދަނބިދަރި ކުޝްނާ ބުނެފައިވަނީ ދިރިތިބި އަސީރުން ހޯމަ ދުވަހު ޢާއިލާތަކާ ހަމައަށް

ފޯރާނެ ކަމަށެވެ.

އެމެރިކާގެ 200 ސިފައިން އިސްރާއީލަށް

ޢައްޒާ މަސްރަޙުން ފާހަގަކޮށްލެވޭ އަނެއް ކަމަކީ ސުލްހައިގެ

ދަތުރު ކުރިއަށްދާގޮތް މޮނީޓަރކޮށް ކަންކަން ދަނީ ރަނގަޅަށްކަން ކަށަވަރު ކުރުމަށް

އެމެރިކާ ސިފައިންގެ 200 ސިފައިން ހިމެނޭ ފައުޖެއް އިއްޔެ އިސްރާއީލުގައި

ކޭމްޕްކުރި ކުރުމެވެ. އެ ފައުޖުގެ މަސްޢޫލިއްޔަތަކީ އިންސާނީ އެހީ ޢައްޒާއަށް އެތެރެވުން

ކަށަވަރު ކުރުމާއި ސުލްހައިގެ ދަތުރުގައި ސަލާމަތީ ކަންކަން

ކަށަވަރުކުރުންކަމުގައި އެމެރިކާއިން ބުނެފައިވެއެވެ.

"މިކަން ހާސިލުކުރާނީ ޢައްޒާ ބިމުގައި

އަހަރެމެންގެ އެންމެ ބޫޓު ކިބައެއްވެސް ނުޖެހި" އެ ފައުޖުގެ ކޮމާންޑަރުގެ

ގޮތުގައި ފޮނުވާފައިވާ އެޑްމިރަލް ބްރެޑް ކޫޕަރ އިއްޔެ ބުނެފައިވެއެވެ.

ސުލްހައިގެ ސަމިޓެއްގެ ވާހަކަ – ޓްރަމްޕާއި މެކްރޯން މިސްރަށް

އިއްޔެގެ ލަސް ވަގުތެއްގައި މިސްރުގެ ސަރުކާރުން

ނެރުނު ނޫސްބަޔާނެއްގައި ފާހަގަކޮށްފައިވާގޮތުގައި ޣައްޒާ މަސްރަޙާއިގުޅޭ

ސުލްހައިގެ ސަމިޓެއް ހޯމަ ދުވަހު މިސްރުގައި ފަށާނެއެވެ. އެ ސަމިޓުގެ ކޯ-ޗެއާއަކީ

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްކަން ފާހަގަކޮށް ފްރާންސްގެ ރައީސް އެމަނުއެލް

މެކްރޮންވެސް ސުލްހައިގެ އެ ސަމިޓުގައި ބައިވެރިވާނެކަން މިސްރުން ހާމަކުރިއެވެ.

ސޮއެ ކުރެވުނު ސުލްހައިގެ ޑީލްގެ ކޮޕީއެއް

އެސޯސިއޭޓެޑް ޕްރެސްގެ އިއްޔެގެ ޢަދަދުގައި ރިޕޯޓްކޮށްފައިވާގޮތުގައި

ހަމާސް އާއި އިސްރާއީލާއި ދެމެދު ސޮއި ކުރެވުނު ސުލްހައިގެ މަގުޗާޓުގެ ފުރަތަމަ

މަރުހަލާގެ އެއްބަސްވުމުގެ ކޮޕީއެއް އެ ނޫސް އިދާރާއަށް ލިބިފައިވެއެވެ.

ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ

އަދާހަމަ، އެއްބަސްވުމުގައި ސޮއެ ކުރެވޭތާ 72 ގަޑިއިރުގެ ތެރޭގައި އިސްރާއީލާ

ހިއްސާކުރުމަށް އެ އެއްބަސްވުމުގައި ހަމާސް އަށް ލާޒިމުކުރެއެވެ. އިސްރާއީލުގެ

ޖަލުތަކުގައި ފުރާނަ ގެއްލިފައިވާ ހައްޔަރީންގެ މަޢުލޫމާތު ހަމަ އެ މުއްދަތުގައި

އާންމު ކުރުމަށްވެސް އެ ޑީލު ލާޒިމުކުރެއެވެ.

އަސީރުން މިނިވަން ކުރުމާއި ހައްޔަރީން

މިނިވަންކުރުމުގެ މަރުޙަލާތައް ކުރިއަށްގެންދަން އެއްބަސްވެފައިވަނީ

މީޑިއޭޓަރުންނާއި އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސްގެ ބެލުމުގެ

ދަށުންނެވެ. ހަމާސްގެ ބެލުމުގެ ދަށުގައި ދިރި ދުނިޔޭގައި ތިބި 20 އަސީރުންނާއި

އިސްރާއީލު ޖަލުތަކުގައި ތިބި ދެ ހާހެއްހާ ހައްޔަރީން (އުމުރަށް ޖަލަށް ލާފައިވާ 250

ހައްޔަރީން ހިމެނޭހެން) މިނިވަން ކުރުން ހޯމަ ދުވަހު ފަށާނެއެވެ.

ޣައްޒާގެ ހާލަތަށް ބަލައިލާއިރު

މި ހާލަތުގައި ޣައްޒާގެ ހާލަތަށް ބަލައިލާއިރު އދ

އިން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރަނީ އެކަށީގެންވާ ކާބޯތަކެއްޗާއި އިންސާނީ

ޒަރޫރީ އެހީ ޣައްޒާގައި ނެތްކަމުގެ ކަންބޮޑުވުމެވެ. އެހެނަސް އެ އެހީ ޣައްޒާއަށް

ވެއްދޭނެ އިތުރު ދޮރުތައް މިއަދު ހުޅުވާލަން އިސްރާއީލުން ނިންމާފައިވާކަން ހާމަކޮށްފައިވެއެވެ.

މާރިޗުގައި އިސްރާއީލުގަ ޣައްޒާ އެކުގައި ހިސޯރުކުރިއިރު

އދގެ ވޯލްޑް ފުޑް ޕްރޮގްރާމުން ދިޔައީ ޣައްޒާގައި ކާނާ ބަހާ 400 ޕޮއިންޓެއް

އޮޕަރޭޓް ކުރަމުންނެވެ. އެ ޕޮއިންޓްތަކުގެ ތެރެއިން 145 ޕޮއިންޓެއް އަލުން ފަށަން

ތައްޔާރުވެފައިވާކަމުގައި ވޯލްޑް ފުޑް ޕްރޮގްރާމުން ބުނެފައިވެއެވެ.

ޣައްޒާގެ މުސްތަގުބަލާއިމެދު އުފެދޭ ސުވާލު !

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިސްވެ ހުރެ

އެކުލަވާލާފައިވާ މައިގަނޑު 20 ކަމެއް އެކުލެވޭ ސުލްހައިގެ މަގުޗާޓުގައި އެންމެ

ބޮޑަށް ބާރު އަޅާފައިވާ އެއް ކަމަކީ ހަމާސް އިން ހަތިޔާރާއި ބާރު ދޫކޮށްލުމުގެ

ވާހަކައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫވެސް އަދިވެސް އަޑަށް ބާރުލާފައި ދައްކާ

އެއް ވާހަކައަކީވެސް އެ ވާހަކައެވެ.

އެގޮތުން އިއްޔެވެސް ނަތަންޔާހޫ ބުނެފައިވަނީ

ހަމާސް އިން ހަތިޔާރާއި ބާރު ދޫކޮށްނުލާނަމަ ހަމަލަތައް އަލުން ފަށާނެ ކަމަށެވެ.

ޣައްޒާގެ އަމަން އަމާންކަމާބެހޭ ދާއިރާއަށް ބަލައިލާއިރު

ސުލްހައިގެ މަގުޗާޓުގައި ބުނަނީ އަރަބި އަދި މުސްލިމް ޤައުމުތައް ހިމެނޭހެން

ސުލްހަ ބަލަހައްޓާ ފައުޖުތަކެއް ޣައްޒާގެ އެތެރޭގައި އެކުލަވައިލުމުގެ ވާހަކައެވެ.

އެފަދަ ފައުޖެއް އެކުލަވައިލުމަށް މިސްރުގެ ރައީސް އަބްދެލް-ފައްތާހް އެލް-ސީސީ

އިއްޔެ އދ ގެ ސެކިއުރިޓީ ކައުންސިލަށް ގޮވާލައްވާފައިވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ

ދުވަހު، ރާއްޖޭ ގަޑީން ބަލަނީނަމަ އެ ދުވަހުގެ ހެނދުނު 08:30 ހާއިރު ފެށުނު ހަމާސް-އިސްރާއީލުގެ

ހަނގުރާމައަށް ދެ އަހަރުވެފައިވާއިރު ހަމަލަބަދަލުކުރުންތަކުގައި ޣައްޒާއިން 67،000

ރައްޔިތަކު ސަހީދުވެފައިވެއެވެ. އެ ޢަދަދުގެ 50 އިންސައްތަ ހިއްސާކުރަނީ

ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް