ރާއްޖެއިން އިތުރު 49 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު މާލެއިން ޕޮސިޓިވްވީ 43 މީހުންނެވެ. އަތޮޅު ތެރެއިން ޕޮސިޓިވްވެފައިވަނީ ހަ މީހުންނެވެ. މިއަދު ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ33 ދިވެހިންނާއި16 ބިދޭސީންނެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ފަރުވާ ދެމުން ދަނީ 1،118 މީހުންނަށެވެ. އޭގެ ތެރެއިން 68 މީހުންނަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދާއިރު އޭގެ ތެރެއިން ހަތަރު މީހުންނަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި އެވެ.
މިވަގުތު ރާއްޖޭގެ 21 ރަށެއްގައ ި157 ޕޮސިޓިވް ކޭސް އެބަތި ކަމަށް ބުނެ އެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 389 މީހުން އެބަތިއްބެވެ.
މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 9،783 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 10،943 މީހުންނެވެ. އޭގެ ތެރެއިން 35 މީހހުން ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް