ސާމްޕަލް ނެގުމުގައި ދިމާވި ކަންކަމަށް މެމްބަރު އިކްރާމް މަޢާފަށް އެދިއްޖެ

ކޯވިޑް-19 ގެ ސާމްޕަލް ނެގުމުގައި ދިމާވި ޙާދިސާ އާ ގުޅިގެން ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން، ހަމަލާދިން ކުއްޖާ އާ އެކުއްޖާގެ މަންމަ ގާތަށް ގޮސް މަޢާފަށް އެދިއްޖެއެވެ. އިކްރާމް ކުރ...

12 Oct 2020 | 14:52

ކޯވިޑް-19 ގެ ސާމްޕަލް ނެގުމުގައި ދިމާވި ޙާދިސާ އާ ގުޅިގެން ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން، ހަމަލާދިން ކުއްޖާ އާ އެކުއްޖާގެ މަންމަ ގާތަށް ގޮސް މަޢާފަށް އެދިއްޖެއެވެ.

އިކްރާމް ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ އޭނާގެ ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވި މުވައްޒަފާއި އޭނާގެ މަންމަ އާއި ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި އޭނާއަށް ކުރެވުނު ނުވަތަ ބުނެވުނު އެއްޗަކަށް މަޢާފަށް އެދިފައިވާނެ ކަމަށެވެ.

އެކަމާއި ގުޅިގެން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ރެޕިޑް ރެސްޕޮންސް ޓީމާއި ހުރިހާ މުވައްޒަފުންގެ އަރިހުންވެސް މަޢާފަށް އެދޭ ކަމަށްވެސް އޭނާގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

https://twitter.com/ikramhassan/status/1315630494667608065

އިކްރާމް މަޢާފަށް އެދުނުއިރު، އެންމެ ފުރަތަމަ އިކްރާމް ވިދާޅުވެފައިވަނީ އެކުއްޖާއަށް ޙަމަލާ ނުދޭ ކަމަށެވެ.

" މާފަންނު މަދަރުސާގައި ސާމްޕަލް ނަގަން ހުރި ކުއްޖާ، އަޅުގަނޑުގެ ނޭފަތް ތެރެއަށް ކަފަބުރު ކޮއްޕި ގަޑީގައި ތަދުވެގެން، އެކަފަބުރު ނެރުމަށް އެ ކުއްޖާގެ އަތް ދުރަށްލިން. އަދި އެތާ ކެމެރާ ހުރިނަމަ ކަންހިނގައި ދިޔަގޮތް ސާފުވާނެ." އިކްރާމް ކުރިން ވިދާޅުވެފައި ވެއެވެ.

އެ މައްސަލަ މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަން އިން ވަނީ ރައްޔިތުން މަޖިލީހުގެ އިމްތިޔާޒު ކޮމެޓީ އަށް ވެސް ހުށަހަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް