ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއަށް "އިމާާޖިން ލީޑު އޮފް ދި ޔިއާ" ލިބިއްޖެ އެވެ.
މި އެވޯޑު މުޣުނީއަށް ލިބިވަޑައިގެންނެވީ ވޯލްޑް އެޗްއާރުޑީ ކޮންގްރެސްއާއި، އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓް ގުޅިގެން ބޭއްވި 11 ވަނަ އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސް 2020 ގައި އެވެ.
މުޣުނީއަށް މި އެވޯޑު ލިބިވަޑައިގެންފައިވަނީ ކުންފުނީގެ މުވައްޒަފުންގެ ކަންކަން ފުރިހަމަކޮށް ގެންދިއުމުގެ އިތުރުން ކުންފުންޏާއި މެދު ކަސްޓަމަރުންގެ މެދުގައި އޮންނަ އިތުބާރާއި، ތަސައްވަރު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރައްވަމުންގެންދަވާ އަދި ކުރެއްވުމަށް ރާވަވާފައިވާ ކަންކަމުގެ މައްޗަށް ބެލުމަށް ފަހު އެވެ. އެގޮތުން ކަސްޓަމަރުންނަށް ލުއި ފަސޭހަގޮތްތަކެއް ހޯއްދަވައިދެއްވާ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ތައާރަފްކުރައްވަން ކުރައްވާ މަސައްކަތްތަކއް ފާހަގަ ކުރި އެވެ.
އޭގެ ތެރޭގައި ސްމާޓް މީޓަރިން ތައާރަފް ކުރުމާއި، ކަރަންޓު ކެނޑިއްޖެ ހާލަތެއްގައި އަވަސް މިނެއްގައި ކަރަންޓު ދިނުމަށްޓަކައި ޒަމާނީ ސްކާޑާ ސިސްޓަމެއް ގާއިމް ކުރުމާއި، ކަރަންޓުގެ ގައުމީ ވިއުގައެއް ގާއިމް ކުރުމަށް ހިންގާ އިންޓަރކަނެކްޝަން ޕްރޮޖެކްޓް ހިމެނެއެވެ. އަދި ކަސްޓަމަރުން ކަރަންޓަށް ކުރާ ހޭދަ ކުޑަ ކުރުމުގެ ގޮތުން ގްރީންލައިފް އިނިޝިއޭޓިވްގެ ނަމުގައި ޕްރޮގްރާމެއް ފަށައި، ކުޑަ އަގެއްގައި ސޯލާ ޕެނަލް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސައި ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީތައް ތައާރަފް ކުރުރުން ފާހަގަ ކުރެ އެވެ.
މީގެ އިތުރުން ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް ގެންގުޅުއްވާ ސިޔާސަތުތައް ހިމެނެ އެވެ. މިއީ މި އެވޯޑް ދިވެހި ކުންފުންޏެއްގެ އިސްވެރިއަކަށް ލިބުނު ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް