ސްޓެލްކޯއަށް "ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ" އެވޯޑު ލިބިއްޖެ އެވެ.
މި އެވޯޑު އެ ކުންފުންޏަށް ލިބިފައިވަނީ ވޯލްޑް އެޗްއާރުޑީ ކޮންގްރެސްއާއި، އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓް ގުޅިގެން ބޭއްވި 11 ވަނަ އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސް 2020 ގައި އެވެ. މި އެވޯޑު އެކުންފުންޏަށް ލިބިފައިވަނީ މުވައްޒަފުންގެ ކުރި އެރުމާއި ހިތްހަމަޖެހުމަށް އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއި ގުޅިގެންނެވެ.
މި އެވޯޑު ސްޓެލްކޯއަށް ދިން އިރު ފާހަގަ ކުރި ކަންކަމުގެ ތެރޭގައި ތަޖުރިބާ ހުރި، އަދި ކުންފުނީގެ ވިޔަފާރީގެ ދައިރާއިން ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި އެއްވަރަށް އަދާހަމަ ބަޔަކަށް ހެދުމަށާއި، ކަސްޓަމަރުންނަށް ދޭން ބޭނުންވާ ހިދުމަތް އޭގެ އެންމެ ފުރިހަމަގޮތުގައި ދިނުމަށް، ތައުލީމާއި، ތަޖުރިބާ އިތުރުކުރުމަށް ތަފާތު އެކިއެކި ސްކޯލާޝިޕްތަކުގެ ފުރުސަތު ހުޅުވާލުންވެސް ހިމެނެއެވެ.
އަދި މިދާއިރާއިން އަންހެނުން ބިނާކޮށް ބާރުވެރި ކުރުވުމަށް އަންހެނުންނަށް ހާއްސަކޮށްގެން އިލެކްޓްރީޝަން ކޯސް ހިންގުންވެސް ހިމެނެ އެވެ. މީގެ އިތުރުން ސްޓެކްކޯއަސް މި އެވޯޑު ލިބުނު މައިގަނޑު ސަބަބުތަކުގެ ތެރޭޭގައި އުމްރާގެ ފުރުސަތާއި، ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުންފުނިން ކުރަމުންގެންދާ މަސައްކަތްތަށްވެސް
މީގެ އިތުރުން މާބަނޑު އަންހެނުންނަށް މެޓާނިޓީ ލީވްގެ ގޮތުގައި ހަ މަސްދުވަސް ހަމަޖެއްސުމުގެ އިތުރުން، ލީވް ނިމުމަށްފަހު އަލުން މަސައްކަތުގެ މާހައުލަށް ނިކުތުމުން ދެ ގަޑި އިރުގެ ބްރޭކެއް ހަމަޖައްސައިދިނުންވެސް ހިމެނެ އެވެ. އަދި ހައްޖާއި، އުމްރާގެ ފުރުސަތާއި، ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުންފުނިން ކުރަމުންގެންދާ މަސައްކަތްތަށްވެސް މީގެ ތެރޭގައި ހިމެނެ އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް