ރައީސް ޔާމީނަށް ކުރާ އަނިޔާގެ ފަހަތުގައި ނުފޫޒުގަދަ ފަރާތްތަކެއްވޭ: ޢަބްދުއްރަހީމް

ރައީސް ޔާމީނަށް ކުރާ އަނިޔާގެ ފަހަތުގައި ބާރުގަދަ، ނުފޫޒުގަދަ ފަރާތްތަކެއްވާ ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ރައީސް ޔާމީންގެ ޝަރީޢަތަށް...

12 Oct 2020 | 11:31

ރައީސް ޔާމީނަށް ކުރާ އަނިޔާގެ ފަހަތުގައި ބާރުގަދަ، ނުފޫޒުގަދަ ފަރާތްތަކެއްވާ ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރައީސް ޔާމީންގެ ޝަރީޢަތަށް ޖޭއެސްސީ އާއި ސަރުކާރުން ނުފޫޒު ފޯރުވަމުންދާ މައްސަލައިގާ ޕީއެންސީ، ޕީޕީއެމް ކޯލިޝަނުން މިއަދު ބޭއްވި ނުށްވެރިންގެ ބައްދަލުވުމުގަ އެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީން ވަރަށް އަވަހަށް މިނިވަން ކުރައްވާނެ ކަމަށާއި ދެން އޮންނަ އިންތިޚާބެއް ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން މިހާރުގެ ސަރުކާރަކަށް އަދި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަށް ވެސް ރައްޔިތުންގެ ތާއީދު ނެތް ކަން ޚުދު އެ ފަރާތްތަކަށް ވެސް އެނގޭނެ ކަމަށެވެ.

"އަޅުގަނޑުމެން އެންމެތަންކޮޅެއްވެސް ފަހަތަކަށް ނުޖެހޭނަން ރައީސް ޔާމީން މިނިވަންކޮށްފަ ނޫނީ. ދެން އެންމެ އަވަަހަށް އޮންނަ އިންތިޚާބެއްގައި ރައީސް ޔާމީން ވާދަ ކުރައްވާނެ" އަދުރޭ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް