ޑަބްލިޔުޓީއޯ އަށް ރާއްޖެއިން ކަނޑައަޅާ މަންދޫބުގެ މަޤާމަށް ޑރ. އާސިމް ޢައްޔަން ކުރެއްވުމަށް މަޖިލީހުން ފާސްކޮށްފި

ޑަބްލިޔުޓީއޯ އަށް ރާއްޖެއިން ކަނޑައަޅާ މަންދޫބުގެ މަޤާމަށް ޑރ. އާސިމް ޢައްޔަން ކުރެއްވުމަށް މަޖިލީހުން ފާސްކޮށްފި އެވެ. ޖެނީވާގައި ހުންނަ އދ. ގެ މަރުކަޒުތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާ...

12 Oct 2020 | 10:29

ޑަބްލިޔުޓީއޯ އަށް ރާއްޖެއިން ކަނޑައަޅާ މަންދޫބުގެ މަޤާމަށް ޑރ. އާސިމް ޢައްޔަން ކުރެއްވުމަށް މަޖިލީހުން ފާސްކޮށްފި އެވެ.

ޖެނީވާގައި ހުންނަ އދ. ގެ މަރުކަޒުތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ.ޢާޞިމް އަޙްމަދު, ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިޔުޓީއޯ) އަށް ރާއްޖެއިން ކަނޑައަޅާ މަންދޫބުގެ މަޤާމަށް ޢައްޔަންކުރެއްވުމަށް 53 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.

ޖެނީވާގައި ހުންނަ އދ. ގެ މަރުކަޒުތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢާޞިމް އަޙްމަދު ޢައްޔަންކުރެއްވުމުގެ ކުރިން ފުރުއްވާފައިވަނީ ފޮރިން މިނިސްޓަރުގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމެވެ. އޭގެ އިތުރުން ވަނީ އެޑިއުކޭޝަން މިނިސްޓަރުކަމުގެ މަޤާމު ވެސް ފުރުއްވައިފައެވެ. ހަމައެއާއެކު އެލްޖީއޭގެ ރައީސްކަމުގެ މަޤާމު ވެސް ވަނީ ފުރުއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް