ތިލަމާލޭ ބްރިޖަށް އިންޑިއާގެ އެގްޒިމް ބޭންކުން ދޭ ލޯނު އެއްބަސްވުމުގައި ސޮއި ކޮށްފި

މާލެ އާއި ތިލަފުއްޓާއި ދެމެދު އަޅާ ތިލަމާލެ ބްރިޖު މަޝްރޫއަށް އިންޑިއާގެ އެގްޒިމް ބޭންކުން ނަގާ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފިނޭ...

12 Oct 2020 | 08:18

މާލެ އާއި ތިލަފުއްޓާއި ދެމެދު އަޅާ ތިލަމާލެ ބްރިޖު މަޝްރޫއަށް އިންޑިއާގެ އެގްޒިމް ބޭންކުން ނަގާ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރު ނިރްމިތު ވޭދް އަދި ޗީފް މެނޭޖަރު ހަރީޝް ކުމާރެވެ.

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ ލޯނު އެއްބަސްވުމުގެ ދަށުން އެ ބޭންކުން ރާއްޖެއަށް 400 މިލިއަން ޑޮލަރު ދޫކުރާނެ އެވެ. މި އެއްބަސްވުމުގެ ދަށުން ލޯނު ދައްކަން ފަށަން ޖެހެނީ ބްރިޖުގެ މަސައްކަތް ނިމޭތާ ފަސް އަހަރު ފަހުންނެވެ.

ލޯނު ދެއްކުމަށް20 އަހަރު ދުވަހުގެ މުއްދަތެއް ލިބެ އެވެ. ރާއްޖެއަށް ދޭ 400 މިލިއަން ޑޮލަރުގެ ލޯނުގެ އިތުރުން، 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވެސް ހިމެނެ އެވެ.

މި މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، އަދި ތިލަފުށި ގުޅުވައިދޭ 6.7 ކިލޯމީޓަރުގެ ބްރިޖުތަކާއި ކޯޒްވޭތަކެއް ހަދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް