100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދައިފި އެވެ.
ފުލުހުން ބުނީ މި މަސްތުވާތަކެތި ހޯދާފައިވަނީ ހުޅުމާލެ ކައިރީ އޮތް ދޯންޏަކުން ކަމަށެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ހުޅުމާލޭގެ ކައިރީގައި އޮތް ދޯންޏަކުން ހެރޮއިން އާއި ޕާޓީ ޑްރަގްސްގެ ގޮތުގައި އާންމުކޮށް ބޭނުންކުރާ މެތު އަތުލައިގެންފައިވާ ކަމަށެވެ. އަދި އެ ތަކެތީގެ އަދަދު 100 ކިލޯ އަށް ވުރެ ގިނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސީޕީ ޙަމީދު އިތުރަށް ވިދާޅުވެފައިވަނީ މި އޮޕަރޭޝަން ހިންގީ ޑީއީޑީ އާއި ޑްރަގް އިންޓެލިޖެންސާއި މެރިން ޕޮލިސް ގުޅިގެން ކަމަށެވެ.
https://twitter.com/M_Hameedh/status/1315539198296748032
ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މިދިޔަ ހަފުތާގައި ވެސް ގާތްގަނޑަކަށް 100 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ. އައްޑޫން ކަނޑުމަތީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ މައްސަލައިގައި ބައެއް މީހުން ހައްޔަރުކޮށް، ފުލުހުން އަންނަނީ ފުޅާ ދާއިރާއެއްގައި ތަހުގީގެއް ހިންގަމުންނެވެ.
އައްޑޫން މި މައްސަލައިގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ވެސް ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް