ސަރުކާރު ސްކޫލްތަކަށް ބިދޭސީ ޓީޗަރުން ގެނެސްދޭނެ ބަޔަކު ހޯދަނީ

ސަރުކާރު ސްކޫލްތަކަށް ބޭނުންވާ ބިދޭސީ ޓީޗަރުން ހޯދައިދޭނެ ތިން އެޖެންސީ ހޯދަން އިއުލާނުކޮށްފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ދެ އަހަރު ދުވަހަށް ބޭނުންވާ ބިދޭސީން ...

12 Oct 2020 | 06:14

ސަރުކާރު ސްކޫލްތަކަށް ބޭނުންވާ ބިދޭސީ ޓީޗަރުން ހޯދައިދޭނެ ތިން އެޖެންސީ ހޯދަން އިއުލާނުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ދެ އަހަރު ދުވަހަށް ބޭނުންވާ ބިދޭސީން ޓީޗަރުން ހޯދައިދޭނެ ތިން އެޖެންސީ އެއް ހޯދަން ބޭނުންވާ ކަމަށެވެ. މިކަމަށް އެދޭ ފަރާތްތަކުން ބީލަމަށް ރަޖިސްޓްރީވާން ޖެހޭ އެންމެ ފަހު ދުވަހަކީ މިމަހުގެ19 ވަނަ ދުވަހެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ރެޖިސްޓްރޭޝަން ފޯމާއި އެކު ނޮން ރިފަންޑަބަލް ފީގެ ގޮތުގައި200 ރުފިޔާ ދައްކަން ޖެހެ އެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި5،000 ރުފިޔާ ނުވަތަ އެއަދަދަަށް ވާރަވަށް ޑޮލަރު ހުށަހަޅަން ޖެހެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ބީލަން ހުށަހަޅާ ފަރާތްތަކުން ފައިސާ ދައްކަން ޖެހޭނީ އޮންލައިން ޕޭމަންޓް ޕޯޓަލް ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރިކޮށް ކަމަށެވެ.

ޕްރީބިޑް މީޓިން ބޭއްވުމަށް ހަމަޖެހިފައިވަނީ ގޫގުލް މީޓް މެދުވެރިކޮށް މިމަހުގެ 22 ވަނަ ދުވަހު އެވެ.

ސްކޫލްތަކަށް ބޭނުންވ ބިދޭސީ ޓީޗަރުން ހޯދުމަކީ ކޮންމެ އަހަރެއް ފެށޭއިރު ދިމާވާ މައްސަލައެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް