ރެއިޒް ގެ ނަމުގައި މަހަލްދީބް ފައުންޑޭޝަނުން ދަރިން ތަރުބިއްޔަތު ކުރުމާބެހޭ ކޯހެއް ބާއްވަނީ..

ރެއިޒް ގެ ނަމުގައި މަހަލްދީބް ފައުންޑޭޝަނުން ދަރިން ތަރުބިއްޔަތު ކުރުމާބެހޭ ކޯހެއް ބާއްވަން ނިންމައިފި އެވެ. 3 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގެ ފީ އަކީ 975 ރުފިޔާ އެވެ. މިކޯހުގައި ބައިވެރ...

12 Oct 2020 | 05:54

ރެއިޒް ގެ ނަމުގައި މަހަލްދީބް ފައުންޑޭޝަނުން ދަރިން ތަރުބިއްޔަތު ކުރުމާބެހޭ ކޯހެއް ބާއްވަން ނިންމައިފި އެވެ.

3 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގެ ފީ އަކީ 975 ރުފިޔާ އެވެ.

މިކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އޮންލައިންކޮށް ފޯމު ހުށައެޅުމުގެ ފުރުޞަތު އޮކްޓޯބަރ 13 އަށް ހަމަވާއިރު، ކިޔެވުން ފެށުމަށް ނިހާރު ތާވަލުކޮށްފައުވަނީ އޮކްޓޯބަރ 16 ވަނަ ދުވަހު އެވެ.

މަހަލްދީބް ފައުންޑޭޝަނުން ބުނީ ކޯހުގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވާ މުއްދަތުގައި ތަފާތުއެކި ޑިސްކައުންޓްތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން 3 މީހުނަށްވުރެ ގިނަ މީހުން އެއްފަހަރާ ރަޖިސްޓަރީ ކުރާނަމަ ނުވަތަ ދެމަފިރިން އެއްކޮށް ރަޖިސްޓަރީ ކުރާނަމަ %10 ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށް އެ ފައުންޑޭޝަނުން ބުނެއެވެ.

ދަރީން ތަރުބިއްޔަތު ބޭނުން ކުރާނެ ތަފާތު އުކުޅުތައް މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ އިރު، އޭގެ ތެރޭގައި ދެމަފިރިންގެ ގުޅުމާއި ހައްޤުތަކާއި، ތަރުބިއްޔަތަކީ ކޯއްޗެއްކަން ބުނެދިނުން ހިމެނެ އެވެ. އަދި އެކި ޢުމުރުފުރައިގެ ކުދިން ޙާއްސަކޮށް ފުރާވަރުގެ ކުދިން ތަރުބިއްޔަތު ކުރާނެ ގޮތް ވެސް ކިޔަވައިދިނުމަށް ހަމަޖެހިފައި ވެއެވެ.

މީގެ އިތުރުން ޕޮޒިޓިވް ޕޭރެންޓިންގ އާއި އިންޓަރނެޓް ސޭފްޓީއާއި އިންޓަރނެޓަކީ ކުދިންނަށް އަމާން މާޙައުލަކަށް ހެދުމަށްޓަކައި ޢަމަލީގޮތުން ކުރެވިދާނެ ކަންކަމާއި ކުދިންނާއި މުޢާމަލާތު ކުރާނެ ގޮތާއި ކުދިން ތަރުބިއްޔަކުރުމަށް ހުރި ގޮންޖެހުންތައް ވެސް ކިޔަވައިދޭނެ ކަމަށް އެ ފައުންޑޭޝަނުން ބުނެ އެވެ.

މަހަލްދީބް ފައުންޑޭޝަނުން ބުނީ ދަރިންތަރިބިއްޔަތު ކުރުމުގައި ޢާންމުކޮށް ހެދޭ ގޯސްތަކާއި ސްކްރީން ޓައިމް މަދުކުރާނެ ގޮތްތަކާއި ތަރުބިއްޔަތު ކުރުމުގައި ރަސޫލާ ގެންގުޅުއްވި އުސްލޫބުތަކާއި އަނިޔާގެ ވަކިތަކުން ދަރިން ސަލާމަތް ކުރުމަށް ކުރެވިދާނެ ކަންކަން ވެސް ކިޔައިދޭނެ ކަމަށެވެ.

ދަރިން ތަރުބިއްޔަތު ކުރުމާއި ބެހޭ އެއްމަސް ދުވަހުގެ ކޯހެއް ހިންގަން ނިންމީ، 2016 ވަނަ އަހަރުން ފެށިގެން ދަރިން ތަރުބިއްޔަތު ކުރުމާއި ބެހޭގޮތުން ކުރިއަށް ގެންދިޔަ ވަރކްޝޮޕްތަކުން ލިބުނު ތަޖުރިބާގެ އަލީގައިކަމަށް ވެސް މަހަލްދީބް ފައުންޑޭޝަނުން ބުނެއެވެ.

މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ނުވަތަ ކޯހުގައި ރެޖިސްޓްރީވުމަށްhttp://bit.ly/raiseonlinecourse  އަށް ވެންނެވުމަށް މަހަލްދީބް ފައުންޑޭޝަނުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް