ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ރީނދޫ ސަމާލު ނެރެފި އެވެ.
ރީނދޫ ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މެޓް އޮފީހުން ލަފާ ކުރާގޮތުގައި މި ސަރަހައްދުގެ ރަށްތަކަށް ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ.
އެ އިދާރާއިން ބުނީ އާންމުކޮށް އެ ސަރަހައްދުގެ ރަށްތަކަށް 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ. އަދި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެ އެވެ،
އެލާޓު ނެރެފައިވަނީ ހެނދުނު 10:30 ން މެންދުރު 12:30 އަށެވެ. ރީނދޫ ސަމާލު ނެރެނީ މޫސުން ގޯސްވެ ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ސަލާމަތްވުމަށް ރައްކާތެރިކަން ފިޔަވަޅު އަޅަން ހަނދާން ހަނދާން ކޮށްދިނުމަށެވެ.
އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ އެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
ކަނޑުދަތުރު ކުރުމުގައި މޫސުމަށް ސަމާޅުވުމަށް އިލްތިމާސް ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް