އަކްޝޭގެ "ސޫރްޔަންޝީ" ރިލީޒް ކުރުން ފަސްކޮށްފި

އަކްޝޭ ކުމާރު ލީޑް ރޯލުން ފެނިގެންދާ "ޝޫރްވަންށީ" ރިލީޒް ކުރުން ފަސްކޮށްފި އެވެ. ކުރިން ހަމަޖައްސާފައި އޮތް ގޮތުން މި ފިލްމު މިއަހަރުގެ ނޮވެމްބަރު މަހު ދިވާލީ އާއި ދިމާކޮށް ރިލީޒް ކުރާނެ އެވެ. ފިލްމު ...

12 Oct 2020 | 05:38

އަކްޝޭ ކުމާރު ލީޑް ރޯލުން ފެނިގެންދާ "ޝޫރްވަންށީ" ރިލީޒް ކުރުން ފަސްކޮށްފި އެވެ.

ކުރިން ހަމަޖައްސާފައި އޮތް ގޮތުން މި ފިލްމު މިއަހަރުގެ ނޮވެމްބަރު މަހު ދިވާލީ އާއި ދިމާކޮށް ރިލީޒް ކުރާނެ އެވެ. ފިލްމު ފަސް ކުރަން ޖެހުނު އިރު އެ ފިލްމު އުފެއްދި ދަރްމާ ޕްރޮޑަކްޝަން އާއި ރިލަޔަންސް އެންޓައިންމެންޓުން ބުނީ އެ ފިލްމު ރިލީޒް ކުރާ ތާރީހު ފަސް ކުރަން ޖެހުނީ އިތުރު ގޮތެއް ނެތިގެން ކަމަށެވެ.

އެ ދެ ކުންފުނިން ބުނީ އެ ފިލްމު މިހާރު ރިލީޒް ކުރަން ހަމަޖެހިފައިވަނީ 2021 ވަނަ އަހަރު ކަމަށެވެ. އެކަމަކު އެންމެ ލަސްވެގެން އަންނަ އަހަރުގެ މާޗް މަސް ނިމުމުގެ ކުރިން "ޝޫރްވަންށީ" ރިލީޒް ކުރާނެ ކަމަށް ބުނެ އެވެ.

މި ފިލްމު ލަސްވިޔަސް އެ ދެެ ކުންފުނި ގުޅިގެން ހަދާ ރަންވީރު ސިންގް ލީޑްރޯލް ކުޅޭ "83" ކުރިންވެސް ކަނޑައަޅާފައިވާ ތާރީހުގައި ރިލީޒް ކުރާނެ ކަމަށް ބުނެ އެވެ އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ކްރިސްމަސް އާއި ދިމާކޮށް މި އަހަރުގެ ޑިސެމްބަރު މަހު އެވެ.

ކޯވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައިވާ އިންޑިއާގެ ސިނަމާތައް މިމަހުގެ 15 ވަނަ ދުވަހު ހުޅުވާލަން ނިންމާފައިވާއިރު ސިނަމާތަކުގައި ރިލީޒް ކުރަން މަޑުކޮށްގެން ތިބި ފިލްމުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި މި ދެ ފިލްމާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމު "މޯދީ ބަޔޯ" ހިމެނެ އެވެ.

މި ފިލްމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ "މޯދީ ބަޔޯ" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް