ހުޅުމާލެއިން ފޭރުނު އަތްދަބަހެއް ހޯދައި، ދެމީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ފްލެޓެއް ކައިރިން ފޭރިގަތް އަންހެނެއްގެ އަތް ދަބަސް ހޯދައި، ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި، އިއްޔެ ހުޅުމާލެ ޕޮލިސް އަށް ހުށަހެޅުނު ފޭރުމުގެ މިމައްސަލ...

12 Oct 2020 | 02:25

ހުޅުމާލެ ފްލެޓެއް ކައިރިން ފޭރިގަތް އަންހެނެއްގެ އަތް ދަބަސް ހޯދައި، ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި، އިއްޔެ ހުޅުމާލެ ޕޮލިސް އަށް ހުށަހެޅުނު ފޭރުމުގެ މިމައްސަލާގައި ހިމެނޭ އަތް ދަބަސް ހޯދާފައިވަނީ އާންމު ރައްޔިތެއްގެ އެހީތެރިކަމާއެކު ފުލުހުންނެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެކެވެ. އެދެމީހުން ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ހުޅުމާލެ 66 ނަންބަރު ފްލެޓް ކައިރިން ކަމުގައި ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް