މި އަހަރުގެ އޯގަސްޓް މަހުގައި ލުބުނާނުގެ އިގްތިސާދީ ބަނދަރެއްގައި ހިނގި ނުރައްކާތެރި ގޮވުމުގެ ހާދިސާގައި އެއް ލޮލުގެ ފެނުން ގެއްލުނު ކުޑަ އަންހެން ކުއްޖަކަށް މަސްނުވީ ލޮލެއް ލިބިއްޖެއެވެ
އުމުރުން ފަސް އަހަރުގެ "ސަމާ" ނަމަކަށް ކިޔާ މި އަންހެން ކުއްޖާއަށް މަސްނުވީ ލޮލެއް ހަދިޔާކޮށް އެކަމުގެ ހުރިހާ ހަރަދެއް ކޮށްދިނީ އަބޫދާބީގެ ކުރީގެ އަމީރު ޝެއިޚް ޒައިދު ބިން ސުލްތާން އަލް ނަހްޔާންގެ ތިންވަނަ އަނބިކަނބަލުން ޝެއިޚާ ފާތިމާ ބިންތި މުބާރަކުގެ ހިލޭ އެހީގެ ދަށުންނެވެ.
އުމުރުން ފަސް އަހަރުގެ ސަމާ އަދި ސަމާގެ އާއިލާއަކީ ސީރިޔާއިން ރެފިއުޖީންގެ ގޮތުގައި ލުބުނާނަށްގޮސް ލުބުނާނުގައި ވަޒަންވެރިވެގެން އުޅުނު ބައެކެވެ. އެދުވަހުގެ ގޮވުމުގެ ހާދިސާ ހިނގިއިރު ސަމާ އުޅުނީ އޭނާގެ ގޭގައި ކުޅުމުގައެވެ. ގޮވި ގަޑީގައި ބިއްލޫރިކޮޅެއް ސަމާގެ ވައަތު ލޮލަށް ހެރި، އެ ލޮލުގެ ފެނުން ގެއްލުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް