މޫސުން: ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވޭ

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދުވެސް ވިއްސާރަކުރާނެ ކަމުގައި ބެލެވޭ ކަމަށާއި ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވާކަމުގައި މެޓް އޮފީހުން ބުނެފިއެވެ. މެޓް އޮފީހުން މިކަން ހާމަކޮށްފައިވަނީ މިއަދު ހ...

12 Oct 2020 | 01:04

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދުވެސް ވިއްސާރަކުރާނެ ކަމުގައި ބެލެވޭ ކަމަށާއި ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވާކަމުގައި މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން މިކަން ހާމަކޮށްފައިވަނީ މިއަދު ހެނދުނު 06:00 އިން އިރުއޮއްސުމާއި ހަމައަށް ފޯކާސްޓްކޮށްފައިވާ މޫސުމީ އަޕްޑޭޓްގައެވެ.

މެޓް އޮފީހުން ބުނެފައިވަނީ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމުގައިވެސް ލަފާކުރެވޭ ކަމަށާއި ނަމަވެސް އެންމެ ދެކުނުގެ އަތޮޅުތަކަށް އާންމުގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ހަ މޭލާއި 16 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމުގައިވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އުތުރާއި މެދުރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމުގައިވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

ރާޅުގެ އުސްމިން މިއަދު ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގެ އުސްމިނެއްގައެވެ.

ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް