ހަވީރު ބޭއްވި ސައިކަލު ބުރު ރޭވީ ކޯލިޝަނުން ނޫންކަމަށް ބުނެފި

މިއަދު ހަވީރު މާލޭގެ މަގުތަކުގައި ބޭއްވި ސައިކަލު ބުރަކީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ރާވައިގެން ބޭއްވި ސައިކަލު ބުރެއް ނުން ކަމަށް ބުނެފި އެވެ. މިއަދު ހަވީރު މާލޭގެ މަގުތަކުގައި ގިނަ ބަޔަކު...

12 Sep 2020 | 18:59

މިއަދު ހަވީރު މާލޭގެ މަގުތަކުގައި ބޭއްވި ސައިކަލު ބުރަކީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ރާވައިގެން ބޭއްވި ސައިކަލު ބުރެއް ނުން ކަމަށް ބުނެފި އެވެ.

މިއަދު ހަވީރު މާލޭގެ މަގުތަކުގައި ގިނަ ބަޔަކު ބައިވެރިވެގެން ބޭއްވި ސައިކަލު ބުރު ހުއްޓުވައ އޭގެ ތެރެއިން 41 މީހަކު ފުލުހުން ހައްޔަރު ކުރި އެވެ. ފުލުހުން ބުނީ އެމީހުން ހައްޔަރު ކުރީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަމަލު ކުރަން އެޗްޕީއޭއިން އެކުލަވަލާފައިވާ ގަވައިދުތަކާއި ހިލާފުވެގެން ކަމަށެވެ،

މިއަދު ހަވީރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަނުގެ ވެރިން ވިދާޅުވީ ސައިކަލު ބުރަކީ ޒުވާނުންތަކެއް އިސްނަގައިގެން ހިންގި ހަރަކާތެއް ކަމަށެވެ. އެ މައުލޫމާތު ލިބުމުން އިދިކޮޅު ކޯލިޝަނުންވެސް އެ ސައިލުބުރުގައި ބައިވެރިވީ ކަމަށެވެ.

އަދި މިއަދުގެ ހަރަކާތުގައި ބައިވެރިވެފައިވަނީ އަމިއްލަ ހައިސިއްޔަތުން ކަމަށް އިދިކޮޅު މައި ދެ ޕާޓީގެ ވެރިން ވިދާޅުވި އެވެ. މިއަދުގެ ސައިކަލް ބުރާއި ހިނގާލުމުގައި ބައިވެރިވި އިދިކޮޅު ލީޑަރުންގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަީމް އަބްދުﷲ އާއި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ސުޖާއުގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ހިމެނެ އެވެ.

ސައިކަލު ބުރު ކުރިއަށް ގެންދިޔުން ހުއްޓުމާއެކު އެ ސައިކަލު ބުރުގެ ބަދަލުގައި ހިނގާލުމެއް ކުރިއަށް ގެންދިޔުމަށް އެ ފަރާތްތަކުން ވަނީ މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް ފުލުހުން ވަނީ އެ ހިނގާލުން ހުއްޓުވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް