ޕްރިމިއާ ލީގް: ސައުތެމްޕްޓަން އަތުން ކްރިސްޓަލް ޕެލަސް މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު ދެވަނަ މެޗުން ކްރިސްޓަލް ޕެލަސް މޮޅުވެއްޖެއެވެ. ޕެލަސްގެ އަމިއަލް ދަނޑުގައި ކުޅުނު މި މެޗުން އެޓީމު މޮޅުވީ ސައުތެމްޕްޓަންގެ މައްޗަށް 0-1 ގެ ނަތީޖާއިން ކުރި ހޯ...

12 Sep 2020 | 17:04

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު ދެވަނަ މެޗުން ކްރިސްޓަލް ޕެލަސް މޮޅުވެއްޖެއެވެ.

ޕެލަސްގެ އަމިއަލް ދަނޑުގައި ކުޅުނު މި މެޗުން އެޓީމު މޮޅުވީ ސައުތެމްޕްޓަންގެ މައްޗަށް 0-1 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.

މި މެޗުގައި ގިނަ އިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ ސައުތެމްޕްޓަން އިންނެވެ. އެހެން ނަމަވެސް މެޗު ފެށިގެން މާ ގިނައިރުތަކެއް ނުވެ ކްރިސްޓަލް ޕެލަސްއިން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މެޗުގެ 13 ވަނަ މިނެޓުގައި މި ލަނޑު ކްރިސްޓަލް ޕެލަސް އަށް ކާމިޔާބު ކޮށްދިނީ ވިލްފްރެޑް ޒަހާއެވެ.

މި ލަނޑާއެކު ވެސް ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެމުން ދިޔައީ ސައުތެމްޕްޓަނ އިންނެވެ. ނަމަވެސް މާ ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.

ކްރިސްޓަލް ޕެލަސް އިން މެޗުގެ ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑެއްގައި އޮވެއެވެ.

މެޗުގެ ދެވަނަ ހާފަށް ކުޅެން ނިކުމެ ދެޓީމުން ވެސް ކުޅެފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. އެގޮތުން ދެޓީމަށް ވެސް ލަނޑު ޖަހަން ފުރުސަތު ލިބުނު ނަމަވެސް އޭގެން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފިފައެއް ނުވެއެވެ.

މެޗު ނިމެން ދަނިކޮށް ޒަހާ ވަނީ ކްރިސްޓަލް ޕެލަސް އަށް ޒަހާ ވަނީ ދެވަނަ ލަނޑެއް ވެސް ޖަހައިދީފައެވެ. ނަމަވެސް މި ލަނޑު ވަނީ އޮފްސައިޑް ކަމަށް ނިންމާ ކެންސަލް ކޮށްފައެވެ.

ލީގުގައި ދެން ކްރިސްޓަލް ޕެލަސް ނިކުންނާނީ އެފްސީ ބޯންމަތް އާއި ދެކޮޅަށެވެ. އަދި ސައުތެންޕްޓަން ނިކުންނާނީ ބްރެޑްފޮޑްއާއި ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް