އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަޔާ ޑްރިލް އެއް ކުރިޔަށް ގެންގޮސްފި އެވެ.
މި ޑްރިލްގައި އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި މީހުން ސަލާމަތް ކުރާނެ ގޮތްތައް އެކަމަށް ހާއްސަ އަލިފާން ނިވާ ވެހިކަލްތައް ބޭނުންކޮށްގެން ފަރިތަކޮށްފައިވެ އެވެ. މި ޑްރިލް ކުރިޔަށް ގެންގޮސްފައިވަނީ މިއަދު މެންދުރު 1:30 ން 3:00 އަށެވެ.
މިއީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ ގާބިލްކަން އިތުރު ކުރުމަށް ސިލްސިލާކޮށް ކުރިޔަށް ގެންދެވޭ ފަރިތަކުރުންތަކެއް ކަމަށް މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް