މެސީގެ ސަސްޕެންޝަން އުވިއްޖެ، އަންނަ މަހު ފަށާ ވޯލްޑް ކަޕް ކޮލިފައިންގައި އެކުއެޑޯއާ ދެކޮޅަށް މެސީ ކުޅޭނެ

މެސީއަށް ދީފައިވާ ސަސްޕެޝަންގެ މުއްދަތު ހަމަވެ، އަންނަ މަހު ފަށާ ދެކުނު އެމެރިކާ ވޯލްޑް ކަޕް ކޮލިފައިންގައި އެކުއެޑޯއާ ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗުގައި މެސީއަށް ކުޅެވޭނެ ކަމަށް އާޖެންޓީނާ ފުޓްބޯލް އެ...

12 Sep 2020 | 10:26

މެސީއަށް ދީފައިވާ ސަސްޕެޝަންގެ މުއްދަތު ހަމަވެ، އަންނަ މަހު ފަށާ ދެކުނު އެމެރިކާ ވޯލްޑް ކަޕް ކޮލިފައިންގައި އެކުއެޑޯއާ ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗުގައި މެސީއަށް ކުޅެވޭނެ ކަމަށް އާޖެންޓީނާ ފުޓްބޯލް އެސޯސިއޭޝަނުގެ ރައީސް ކްލައުޑިއޯ ޓަޕިއާ ވިދާޅުވެއްޖެއެވެ.

މެސީ ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ އަހަރު ބޭއްވި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި މެސީއަށް ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު އޮތް ކޮޕަ އެމެރިކާގެ ތިންވަނަ ހޮވި މެޗުގެ ފުރަތަމަ ހާފުގައި މެސީއަށް ރަތް ކާޑު ދެއްކީ ޗިލީގެ ގެރީ މެޑެލްއާ ދެމެދު ހިނގާދިޔަ ހަމަނުޖެހުމަކާ ގުޅިގެންނެވެ.

އެ މައްސަލައިގައި މެސީ އެއް މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރުން 1،500 ޑޮލަރުން ޖޫރިމަނާ ކުރަން ވެސް ދެކުނު އެމެރިކާ ފުޓްބޯޅަ ފެޑެރޭޝަން، ކޮންމެބޯލުން ވަނީ ނިންމާފައެވެ. ނަމަވެސް އެ ސަސްޕެންޝަންގެ މެޗުތައް ގުނަން ހަމަޖެހިފައިވަނީ ރަސްމީ މެޗުތަކުގައި އެކަންޏެވެ.

އެގޮތުން ނިމިގެން ދިޔަ އަހަރު ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތަށް ފަހު އާޖެންޓީނާއިން މިހާތަނަށް ރަސްމީ މެޗެއް އަދި ކުޅެފައެއް ނުވެއެވެ.

މެސީގެ ސަސްޕެންޝަން އާއި ގުޅިގެން އާޖެންޓީނާ ފުޓްބޯލް އެސޯސިއޭޝަނުގެ ރައީސް ކްލައުޑިއޯ ޓަޕިއާ ވިދާޅުވީ މެސީގެ ސަސްޕެންޝަން އުވުނީ ސަސްޕެންޝަން ދިން މުއްދަތުގެ ތެރެއިން އެއް އަހަރު މިހާރު ފާއިތުވެފައި ވުމުންނެވެ.

އަދި މެސީއަށް ކުޅެވޭނެކަން ކޮންމެބޯލުން އެންގީ އެ އިދާރާގެ ޑިސިޕްލިނަރީ ކޯޑުގެ ވަކި މާއްދާތަކަށް ބެލުމަށްފަހު ކަމަށްވެސް ޓަޕިއާ ވިދާޅުވިއެވެ.

ަ

ދެކުނު އެމެރިކާ ވޯލްޑް ކަޕް ކޮލިފައިން އަންނަ މަހު ފެށޭއިރު، އާޖެންޓީނާ އަދި އެކުއެޑޯ ބައްދަލު ކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 1 ވަނަ ދުވަހު ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް