ހިޔާ ފްލެޓުތަކުގައި އެމްއެންޑީއެފުން ފަޔާ މޮކް ޑްރިލްއެއް ކުރިޔަށް ގެންދަނީ

ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ އަމަލު ކުރާނެ ގޮތުގެ ފަޔާ އެންޑް ރެސްކިއު މޮކް ޑްރިލްއެއް ފަށައިފި އެވެ. މި ޑްރިލް ކުރިޔަށް ގެނ...

12 Sep 2020 | 08:43

ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ އަމަލު ކުރާނެ ގޮތުގެ ފަޔާ އެންޑް ރެސްކިއު މޮކް ޑްރިލްއެއް ފަށައިފި އެވެ.

މި ޑްރިލް ކުރިޔަށް ގެންދަނީ މިއަދު މެންދުރު 1:30 ން 3:00 އަށެވެ.

އެމްއެންޑީއެފުން ބުނީ ޑްރިލް ކުރިޔަށްދާ ވަގުތުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވާނީ ހަމައެކަނި އަލިފާން ނިވާ ވެހިކަލްތައް ކަމަށެވެ.

އެމްއެންޑީއެފުން 25 ބުރީގެ ހިޔާ ފްލެޓުތަކުގެ ހުރިހާ ފަންގިފިލާތަކެއްގައި މި ޑްރިލް ކުރިޔަށް ގެންދާނެ ކަމަށެވެ.

މި ޑްރިލްގައި ހަރަކާތްތެރިވާ ފަޔާ ވެހިކަލްތައް ހުޅުމާލޭގެ އިތުރު ސަރަހައްދުތަކަށް ނުދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް