ދެ އަނބިންނާއެކު ގްރޫޕްކޮށް ކުރުން ހުއްދަވެގެން ނުވޭ: ޑރ. އިޔާޒް

ދެ އަނބިންނާއެކު ގްރޫޕްކޮށް ރޭކުރުން ހުއްދަވެގެން ނުވާކަމުގައި ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ. ޑރ. އިޔާޒް މިހެން ވިދާޅުވެފައިވަނީ އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕްގައި މީހަކު ކޮށ...

12 Sep 2020 | 02:48

ދެ އަނބިންނާއެކު ގްރޫޕްކޮށް ރޭކުރުން ހުއްދަވެގެން ނުވާކަމުގައި ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވެފައިވަނީ އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕްގައި މީހަކު ކޮށްފައިވާ ސުވާލަކަށް ޖަވާބުދެމުންނެވެ.

ސުވާލުކުރި ފަރާތުން އަހާފައިވަނީ މަހަކު އެއް ފަހަރު ދެ އަނބިން އެކުގައި ރޭކުރަން ބޭނުންވާކަމަށާއި އަދި ކައިވެނި ކޮށްފައި އޮތީމާ އެގޮތަށް ދެ އަނބިންނާއެކު ރޭ ކުރެވޭނެ ނޫންތޯ ސުވާލުކޮށްފައިވެއެވެ.

ޖަވާބުގައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ ފިރިމީހާގެ ދެ އަނބިން ކަމުގައި ވީ ނަމަވެސް އެ ދެ އަނބިން އެއީ ހިލޭ ދެމީހުން ކަމަށެވެ.

"ވީމާ ރޭ ކުރަންވާނީ ފަހަރަކު އަތްނބަކާއެކުގައެވެ، ގްރޫޕްކޮށް ކުރުން ހުއްދަ ވެގެން ނުވެއެވެ" ޖަވާބުގައި ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ. އިތުރަށް ވިދާޅުވެފައިވަނީ އެކަކާއި އެކު ކުރާ ކަންތައް އަނެކަކަށް އެނގިގެންވެސް ނުވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް