ޓްރަމްޕުގެ މޭސްތިރިކަމުގައި އިޒްރޭލާ ބަހްރޭންވެސް އެއް ގަލަކަށް އަރުވައިފި

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ މޭސްތިރިކަމުގައި އިޒްރޭލާއި ބަހްރޭންވެސް އެއްގަލަކަށް އަރުވައިފިއެވެ. އެގޮތުން މި ދެ ގައުމުގެ ގުޅުން ބަދަހިކުރާނެ ކަން ދެ ގައުމުންވެސް ވަނީ ހާމަކޮށްފައެވެ. މިކަން...

12 Sep 2020 | 00:49

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ މޭސްތިރިކަމުގައި އިޒްރޭލާއި ބަހްރޭންވެސް އެއްގަލަކަށް އަރުވައިފިއެވެ. އެގޮތުން މި ދެ ގައުމުގެ ގުޅުން ބަދަހިކުރާނެ ކަން ދެ ގައުމުންވެސް ވަނީ ހާމަކޮށްފައެވެ.

މިކަން ހާމަކޮށް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަނެއްކާވެސް މި ކުރެވުނީ ތާރީހީ ވަރުގަދަ ކަމެއް ކަމަށާއި އެމެރިކާގެ އެކުވެރި ދެ ގައުމު ކަމުގައިވާ އިޒްރޭލާއި ކިންގްޑަމް އޮފް ބަހްރޭނުން ސުލްހައިގެ އެއްބަސްވުމަކަށް އައިސްފައިވާކަމަށެވެ. އަދި ފާއިތުވި 30 ދުވަހުގެ ތެރޭގައި އިޒްރޭލާއެކު ސުލްހައިގެ އެއްބަސްވުން ގާއިމްކުރި މިއީ ދެވަނަ ގައުމުކަންވެސް ޓްރަމްޕް ފާހަގަކުރައްވާފައިވެއެވެ.

https://twitter.com/realDonaldTrump/status/1304464923469193217?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1304464923469193217%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.arabnews.com%2Fnode%2F1733046%2Fmiddle-east

ޓްރަމްޕުގެ މި އިއުލާނަށްފަހު ތިން ލީޑަރުން ގުޅިގެން ބަޔާނެއްވެސް ނެރެފައިވެއެވެ. އެ ބަޔާނުގައި ބުނެފައިވާގޮތުގައި އިޒްރޭލާއި ބަހްރޭންގެ ޑިޕްލޮމެޓިކް ގުޅުން އެންމެ ފުރިހަމައަށް ބަދަހިކުރުމަށް އެ ދެ ގައުމުން ގުޅިގެން މަސައްކަތް ކުރާނެއެވެ.

"މިއީ ތާރީހީ އެއްބަސްވުމެއް، މި އެއްބަސްވުން، މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމުގައި އިތުރު ބާރަކަށް ވެގެންދާނެ، ދެ ގައުމުގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ" ތިން ވެރިންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ޓްރަމްޕްގެ މޭސްތިރިކަމުގައި އިޒްރޭލާއި ބަހުރޭން އެއް ގަލަކަށް އަރުވާފައިވާއިރު މިދިޔަ މަހުގެ 13ގައި ޓްރަމްޕު ވަނީ އިޒްރޭލާ އެކުވެރި އަރަބި އިމާރާތްވެސް އެއް ގަލަކަށް އަރުވާފައެވެ. އެގޮތުން އެ ދެ ގައުމުގެ މެދުގައިވެސް ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލާފައިވެއެވެ.

https://dhuvas.mv/119630

އިޒްރާލާއި އަރަބި ދުނިޔެ ގުޅުވާލައި އިޒްރޭލާއި އަރަބި ދުނިޔޭގެ ގުޅުން ބަދަހިކުރުމުގެ މަސައްކަތް ޓްރަމްޕު ފައްޓަވާފައިމިވަނީ އިންތިހާބު ބޯމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެ ގައުމުގެ ރިޔާސީ އިންތިހާބު އަންނަ ނޮވެމްބަރު ތިނެއްގައި އޮންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް