އިނގިރޭސި ޕްރިމިއާ ލީގު 2020/2021 ގެ ކުޅުން މިއަދު ފަށަނީ

އިނގިރޭސި ޕްރިމިއާ ލީގު 2020/2021 ގެ ސީޒަންގެ ކުޅުން މިއަދު ފަށާނެ އެވެ. ޕްރިމިއާ ލީގުގެ ކުޅުން މިއަދު ފަށާއިރު، ލީގު ފެށިގެން ދާނީ އާސެނަލް އަދި ފުލަމް ބައްދަލު ކުރާ މެޗުންނެވެ. ޕްރިމިއާ ލީގުގެ އާސީޒ...

11 Sep 2020 | 19:53

އިނގިރޭސި ޕްރިމިއާ ލީގު 2020/2021 ގެ ސީޒަންގެ ކުޅުން މިއަދު ފަށާނެ އެވެ.

ޕްރިމިއާ ލީގުގެ ކުޅުން މިއަދު ފަށާއިރު، ލީގު ފެށިގެން ދާނީ އާސެނަލް އަދި ފުލަމް ބައްދަލު ކުރާ މެޗުންނެވެ.

ޕްރިމިއާ ލީގުގެ އާސީޒަނުގެ ކުޅުން އާސެނަލް އަދި ފުލަމް ބައްދަލު ކުރާ މެޗުން ފެށިގެން ދާއިރު، މި މެޗުގެ ކުޅުން ފެށޭނީ ރާއްޖޭ ގަޑިން މިއަދު ހަވީރު 4:30 ގައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަތަރު މެޗެއް ކުޅުމަށް ޝެޑިއުލް ކޮށްފައި ވީ ނަމަވެސް މެންޗެސްޓާ އަދި ބާންލީ ބައްދަލު ކުރާ މެޗުގެ އިތުރުން މެންވެސްޓާރ ސިޓީ އަދި އެސްޓަން ވިލާ ބައްދަލުކުރަން ހަމަ ޖެހިފައިވާ މެޗު ވަނީ ލަސްކޮށްފަ އެވެ. މި ދެ މެޗުގެ ކުޅުން ލަސްކޮށް ފައިވާއިރު، މި މެޗުތަށް ކުޅެން ހަމަ ޖައްސާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގައެވެ.

މެންޗެސްޓާ އަދި ބާންލީ ބައްދަލު ކުރާ މެޗުގެ އިތުރުން މެންވެސްޓާރ ސިޓީ އަދި އެސްޓަން ވިލާ ބައްދަލުކުރަން ހަމަ ޖެހިފައިވާ މެޗު ލަސްކޮށްފައި ވަނީ ޗެމްޕިއަންސް ލީގް އަދި ޔޫރޮޕާ ލީގާއި ގުޅިގެން މެންޗެސްޓަރ ޔުނައިޓެޑް އަދި މެންޗެސްޓަރ ސިޓީއަށް ރެސްޓު ދިނުމުގެ ގޮތުން ކަމަށް ރިޕޯޓުތަށް ބުނެއެވެ.

މިއަދު އާސެނަލް އަދި ފުލަމް ބައްދަލު ކުރާ މެޗުގެ އިތުރުން ދެ މެޗެއް މިއަދު ކުޅެވޭނެ އެވެ. އެއީ މިރޭ 7:00 ގައި ކުޅޭ ކްެރިސްޓަލް ޕެލަސް އަދި ސައުތެމްޕްޓަން ބައްދަލު ކުރާ މެޗުގެ އިތުރުން މިރޭ 9:30 ގައި ކުޅޭ ލިވަޕޫލް އަދި ލީޑްސް ޔުނައިޓެޑު ބައްދަލު ކުރާމެޗެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް