މިއަދު ޕޮސިޓިވްވީ 143 މީހުން، އެޑްމިޓްކޮށްގެން 150 މީހުންނަށް ފަރުވާ ދެނީ

ކޯވިޑް-19 އަށް އިތުރު 143 މީހަކު ޕޮސިޓިވް ވެއްޖެ އެވެ. މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 140 މީހުންނާއި އަތޮޅު ތެރެއިން ތިން މީހެކެވެ. މީގެ ތެރޭގައި ހިމެނެނީ 87 ދިވެހިނާއި 56 ބިދޭސީންނެވެ. ޕޮސިޓިވްވި...

12 Aug 2020 | 17:22

ކޯވިޑް-19 އަށް އިތުރު 143 މީހަކު ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 140 މީހުންނާއި އަތޮޅު ތެރެއިން ތިން މީހެކެވެ.

މީގެ ތެރޭގައި ހިމެނެނީ 87 ދިވެހިނާއި 56 ބިދޭސީންނެވެ. ޕޮސިޓިވްވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 40 މީހުންނާއި އިންޑިއާގެ 10 މީހުން އަދި ނޭޕާލްގެ ތިން މީހުން، ސްރީލަންކާގެ ދެ މީހުންގެ އިތުރުން މިސްރު މީހެކެވެ.

މިހާރު ބައްޔަށް ފަރުވާ ދެމުންދަނީ 2،461 މީހުންނަށެވެ. އޭގެ ތެރެއިން 150 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެނެވެ.

އައިސޮލޭޝަން ފެސިލިޓީތަކުގައި 1،507 މީހުން އެބަތިއްބެވެ. އަދި ޕޮސިޓިވް މީހުންގެ ތެރެއިން ފެސިލިޓީތަކަށް ނުގެންދެވޭ 334 މީހުން އެބަތިބި ކަމަށް އެޗްއީއޯސީން މައުލޫމާތުދެ އެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 2،884 އަރާފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 5،366 މީހުންނެވެ. އޭގެ ތެރެއިން 21 މީހަކު ވަނީ މި ބަލީގައި މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް