ނުވަ މީހުންނާއި އެކު ދަތުރު ކުރި ދޯންޏެއް ދާންދޫ ކައިރީ އޮތް ގިރިއަކަށް އަރައިފި

"ޕްރޮގްރެސް ބޯޓް" ނަމަކަށް ކިޔާ ބޯޓެއް ގއ. ދާންދޫ ކައިރީގައި އޮތް ގިރި އަކަށް އަރައިފި އެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ކޯސްޓު ގާޑަށް ކޮށްފައިވަނީ މިރޭ 6:30 ހާއިރު އެވެ. ބޯޓު ގިރިއަށް އެރި އިރު...

12 Aug 2020 | 15:46

"ޕްރޮގްރެސް ބޯޓް" ނަމަކަށް ކިޔާ ބޯޓެއް ގއ. ދާންދޫ ކައިރީގައި އޮތް ގިރި އަކަށް އަރައިފި އެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ކޯސްޓު ގާޑަށް ކޮށްފައިވަނީ މިރޭ 6:30 ހާއިރު އެވެ. ބޯޓު ގިރިއަށް އެރި އިރު އޭގައި ނުވަ މީހުން ތިއްބެވެ.

އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓުގާޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ދުވަސް ވަރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ގޯސް ކަމުން ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފް އާއި މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް