ފުވައްމުލަކު ސިޓީ އެތެރޭ މަގުތައް ހެދުމަށް ބޭނުންވާ ސާމާނު ރާއްޖެ ގެނެސްފި

ފުވައްމުލަކު ސިޓީ އެތެރޭ މަގުތައް ހެދުމަށް ބޭނުންވާ ސާމާނު ރާއްޖެ ގެނެސްފި އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީން ނެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއު ކުރިޔަށް ގެންދަން ބޭނުންވާ ޕީވީސީ ހޮޅިތ...

12 Aug 2020 | 15:34

ފުވައްމުލަކު ސިޓީ އެތެރޭ މަގުތައް ހެދުމަށް ބޭނުންވާ ސާމާނު ރާއްޖެ ގެނެސްފި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީން ނެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއު ކުރިޔަށް ގެންދަން ބޭނުންވާ ޕީވީސީ ހޮޅިތަކުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސް ކްލިއަރެންސް ހޯދުމުގެ މަސައްކަތް މާލޭ ވިޔަފާރި ބަނދަރުގައި ކުރިޔަށް ދާ ކަމަށެވެ. މި މަސައްކަތައް ބޭނުންވާ އިތުރު ހަތަރު ޕީވީސީ ހޮޅި ޝިޕްމަންޓް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ބުނެ އެވެ.

މި މަޝްރޫޢުގެ ދަށުން އެ ސިޓީގެ 31 މަގު ހެދުމަށް ހަމަޖެހިފައިވެ އެވެ. އެ މަގުތަކުގެ 15،932 މީޓަރުގެ ސަރަހައްދެއް ތަރައްގީ ކުރާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

މި މަޝްރޫޢުގެ ދަށުން، 122،659 ސްކުއެއާ މީޓަރުގެ ސަބް ބޭސް ހެދުމާއި، 95،239 ސްކުއެއާ މީޓަރުގެ ތާރު އަޅާނެ އެވެ. އަދި  ފައިމަގުގައި ހިނގާ ސަރަހައްދެއް ހަދައި މަގުތަކުގައި ބައްތި ހަރުކުރުމުގެ އިތުރުން ފެން ހިންދާ ނިޒާމު ގާއިމް ކުރާނެ އެވެ.

މި މަޝްރޫއު އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 279.4 މިލިއަން ރުފިޔާއަށެވެ. މަސައްކަތް ހަވާޅު ކުރީ މިދިޔަ އަހަރުގެ ޖުލައި ހަތަރެއްގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް