ރ. މަޑުއްވަރީގައި މާރާމާރީ ހިންގައި މީހެއްގެ ބޯ ފަޅާލައިފި

ރ. މަޑުއްވަރީގައި މާރާމާރީ ހިންގާ މީހެއްގެ ބޯ ފަޅާލައިފި އެވެ. ފުލުުހުން ބުނީ އެ މާރާމާރީގެ ިރޕޯޓުކޮށްފައިވަނީ އިއްޔެ ހަވީރު 5:15 ހާއިރު ކަމަށެވެ. މި ކަން ހިނގަން ޖެހުނު ސަބަބެއް އަދި ނޭނގެ އެވެ. މާރާ...

12 Aug 2020 | 11:42

ރ. މަޑުއްވަރީގައި މާރާމާރީ ހިންގާ މީހެއްގެ ބޯ ފަޅާލައިފި އެވެ.

ފުލުުހުން ބުނީ އެ މާރާމާރީގެ ިރޕޯޓުކޮށްފައިވަނީ އިއްޔެ ހަވީރު 5:15 ހާއިރު ކަމަށެވެ. މި ކަން ހިނގަން ޖެހުނު ސަބަބެއް އަދި ނޭނގެ އެވެ.

މާރާމާރީގައި އަނިޔާވެފައިވަނީ 40 އަހަރުގެ ފިރިހެނަކަށެވެ. އޭނާއަށް ހަމަލާ ދިނުމުގެ ސަބަބުން ބޯ ފަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެމީހާއަށް މަޑުއްވަރީ ސިއްހީ މަރުކަޒުގައި ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ މި މައްސަލައިގަ މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް