އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އަތޮޅުތެރޭގައި 5 ޓާޝަރީ ހޮސްޕިޓަލް ތަރައްގީކުރުން: އަމީން

ސިއްޙީ ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ރާއްޖޭގެ 5 ސަރަހައްދުގައި މިއަހަރު ނިންމުމުގެ ކުރިން ޓާޝަރީ ހޮސްޕިޓަލުތަކެއް ތަރައްޤީކުރަން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ހެލ...

12 Aug 2020 | 10:17

ސިއްޙީ ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ރާއްޖޭގެ 5 ސަރަހައްދުގައި މިއަހަރު ނިންމުމުގެ ކުރިން ޓާޝަރީ ހޮސްޕިޓަލުތަކެއް ތަރައްޤީކުރަން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހެލްތު މިނިސްޓަރ ޙާޒިރުކޮށް ބައެއް ރަށްރަށުގެ ސިއްޙީ ވަސީލަތްތައް ހަމަކުރުމާ ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ، ރާއްޖޭގެ 5 ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ 5 ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެ ސަރަހައްދުތަކަށް ބޭނުންވާ ވަސީލަތްތަކާއި މެޝިނަރީތަކުގެ 90 އިންސައްތަ ހަމަކުރެވިފައިވާކަމަށެވެ.

އަދި އެތަންތަނަށް ބޭނުންވާ މުވައްޒަފުންގެ ގިނަ ބަޔަކު ހަމަކުރެވިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެސަރަހައްދުތަކަށް ގެންނަންޖެހޭ ޢުމްރާނީ ތަރައްޤީގެ މަސައްކަތް މިދިޔަ އަަހަރު ފަށާފައިވާކަންވެސް ހެލްތު މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ކުރިން އަމާޒުކުރީ މިއަހަރުގެ މެދުތެރެއާއި ހަމައަށް ދާއިރު އެވަސީލަތްތައް ޤާއިމްކޮށް ފަސް ޓާޝަރީ ހޮސްޕިޓަލަށް ޢަމަލީ ސިފައެއް އަންނާނެނަކަމަށެވެ. ނަމަވެސް ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ލަސްތަކެއް ކުރިމަތިވީނަމަވެސް މިއަހަރުގެތެރޭގައި އެ ހޮސްޕިޓަލްތައް ނިންމުމަށް އަމާޒުހިފާފައިވާކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވާފައިވާ 5 ހޮސްޕިޓަލަކީ ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ގދ.ތިނަދޫ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ލ.ގަމު ރީޖަނަލް ހޮސްޕިޓަލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް