ޔާމީން ދައުލަތަށް ދައްކަން ޖެހޭ ފައިސާ މީރާ މެދުވެރިކޮށް ހޯދަނީ

މަނީލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ފަސް އަހަރުގެ ހުކުމާއި އެކު ދައުލަތަށް ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރު ނުދައްކައިގެން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯ...

12 Aug 2020 | 09:05

މަނީލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ފަސް އަހަރުގެ ހުކުމާއި އެކު ދައުލަތަށް ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރު ނުދައްކައިގެން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ފައިސާ ހޯދަން ހުށަހަޅައިފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މީރާއަށް އެ ފައިސާ ހޯދުމަށް އެދުނީ އިއްޔެ އެވެ.

އޭޖީ އޮފީހުުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ކްރިމިނަލް ކޯޓުގެ ހުކުމާ އެއްގޮތަށް ހަ މަސްދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ޔާމީން ދައްކަވާފައި ނުވާ ކަމަށެވެ. އެހެންވެ ޓެކްސް ނެގުުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން މީރާ މެދުވެރިކޮށް ޔާމީންގެ ކިބައިން ޖޫރިމަނާ ފައިސާ ހޯދަން ފޮނުވާފައިވާ ކަމަށެވެ.

އޭޖީ އޮފީހުން ބުނީ ޖިނާއީ އިޖްރާއާތުގެއެ ގާނޫނުގައި، ޖޫރިމަނާ ނުދައްކައިފި ނަމަ، ދައުލަތަށް ފައިސާ ހޯދުމުގައި އަމަލުކުރާ އުސޫލުން އެ ފައިސާއެއް ހޯދަން ޖެހޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންވެ، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާގެ ދަށުން އެ ފައިސާ ހޯދުމަކީ މީރާގެ މަސްއޫލިއްޔަތެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާ ބުނާ ގޮތުން ޓެކްސް ނުވަތަ ޖޫރިމަނާއެއް ނުދައްކައިފި ނަމަ، އެ މީހެއްގެ ބިމެއް ނުވަތަ މިލްކިއްޔާތެއް ބޭނުން ކޮށްގެން ޖޫރިމަނާ ހޯދުމުގެ އަމުރެއް މީރާއަށް ނެރެވިދާނެ އެވެ. އަދި އެ މީހެއްގެ ބޭންކް އެކައުންޓް ފްރީޒް ކުރަން އެންގުމާއި ކޯޓަށް މައްސަލަ ހުށަހެޅުމުގެ ބާރު ވެސް އެ މާއްދާގެ ދަށުން މީރާ އަށް ލިބެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުމް ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް