މީރާގެ ބޯޑަށް އައްޔަންކުރަން އަށް ބޭފުޅެއްގެ ނަން ދިރާސާކުރަން ފޮނުވައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑުން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ހަތަރު ބޭފުޅުން އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް...

12 Aug 2020 | 08:55

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑުން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ހަތަރު ބޭފުޅުން އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އަށް ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފިއެވެ.

ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވި ނަންތައް ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު މަޖިލީހަށް އިއްވެވުމުން މަޖިލިސް ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ ވަނީ އެ ނަންތައް ދިރާސާކުރުމަށް އިގްތިސާދީ ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރައްވައިފައެވެ.

މީރާގެ ބޯޑަށް އައްޔަން ކުރަން މަޖިލީހަށް ދިރާސާ ކުރަން ފޮނުއްވި 8 ބޭފުޅުންގެ ނަންތައް:

  • މުމްތާޒު އަބުދުއް ރަޝީދު މުރިނގު ހދ. ހަނިމާދޫ
  • ލީނާ މުހައްމަދު ޒާހިރު ހުސެއިން ހ.ނީލްވިލާ
  • ހުޝާމް ވަހީދު ގ.މާލޭހިޔާ
  • އަލީ އިރުފާން ޑޭލައިޓް ވިލާ ސ. މަރަދޫ ފޭދޫ
  • އިސްމާއިލް ސާޖިދު މއ. ވިލާރޮދި
  • އާއިޝަތު އަޝާ އަލީ ހ.އީސްޓްވޯޑް
  • ދަހާ ޝުއެއިބު ހ. ކެރީބިއަން
  • އިދްރީސް އިސްމާއިލް، އަނީސާމަންޒިލް މ.ދިއްގަރު

މި ބޭފުޅުންގެ ތެރެއިން މީރާގެ ބޯޑަށް އައްޔަންކުރަން މަޖިލީހަށް ފެންނަ ބޭފުޅުންނަށް ރުހުން ދިނުން އޮންނާނީ އެ ނަންތައް ކޮމެޓީން ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވުމުން ވޯޓަށް އަހައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް