ދައުލަތުގެ ބަޖެޓުގައި އޮފީސްތަކުން ހިމަނަން ބޭނުންވާ ކަންތައް ހުށަހަޅަން ޖެހޭނީ އައިލްސް ޕޯޓަލް މެދުވެރިކޮށް ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީ އިން އިއްޔެ ނެރުނު ބަޖެޓު ސާކިޔުލާގައި ބުނީ 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާއި ހަމައަށް ލަފާކުރާ މެދު ރާސްތާ ބަޖެޓުގެ ނިއު ޕޮލިސީ އިނިޝިއޭޓިވް ހުށަހެޅުމަށް މިހާރު ހަމަޖެހިފައިވަނީ އައިލްސް ޕޯޓަމް މެދުވެރިކޮށް ކަމަށެވެ.
ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ދަށުން ބަޖެޓުގައި ހިމަނަން ބޭނުންވާ ކަންތައް ޕޯޓަލް މެދުވެރިކޮށް އޮގަސްޓް 31 ގެ ކުރިން ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީގެ ސާކިޔުލާގައި ބުނެފައިވެއެވެ.
އެ ސާކިޔުލާ ގައި، ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ގޮތުގައި ހުށަހަޅާ ކަންތައްތަތަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ހިމެނޭ ކަންކަން ހާސިލުވާނެހެން އެކުލަވާލާ ކަންތައް ކަމުގައި ވަންވާނެ ކަމަށްވެސް ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް