ސަރުކާރުގެ ބޭނުމަކީ ޔާމީންގެ މުދަލާއި ގެކޮޅު ދައުލަތަށް ނެގުން: އިދިކޮޅު

މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށުގައި ދައުލަތަށް ނަގާ މުދަލާ މެދު އަމަލުކުރާނެ ގަވައިދެއް އެކުލަވާލައި އަމަލު ކުރަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މުދަލާއި ގެދޮރު ދައުލަ...

12 Aug 2020 | 07:33

މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށުގައި ދައުލަތަށް ނަގާ މުދަލާ މެދު އަމަލުކުރާނެ ގަވައިދެއް އެކުލަވާލައި އަމަލު ކުރަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މުދަލާއި ގެދޮރު ދައުލަތަށް ނެގުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

އެ ގަވައިދު އެކުލަވާލާފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންނެވެ. އެ ގަވައިދަށް މިދިޔަ ހޯމަ ދުވަހު ވަނީ އަމަލު ކުރަން ފަށާފައި އެވެ.

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔާމީންގެ މުދަލާއި ގެކޮޅު ދައުލަތަށް ނެގުމަށް ސަރުކާރުން ދުރާލާ ރާވައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެމްއެމްއޭއިން ގަވައިދެއް އެކުލަވާލީ އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށް ތުހުމަތުކޮށްފައިވެއެވެ.

ކޯލިޝަނުން ބުނީ އެއީ ސަރުކާރު ބަލިކަށީވެ ތާއީދު ކުޑަވަމުންދާތީ ނިންމި ނިންމުމެއް ކަމަށެވެ. އެގޮތުން ސަރުކާރާއި ދެކޮޅަށް މަަސައްކަތް ކުރާ ކޮންމެ ފަރާތަކަށް އަމާޒު ކުރާ ހަތިޔާރަކަށް އެ ގަވައިދު ވާނެ ކަމަށް ބުނެފައިވެ އެވެ.

ޔާމީން މިނިވަން ކުރުމަށް ގޮވާލާ ބަޔާނުގައި އތުރުރަށް ބުނެފައިވަނީ ސަރުކާރު ބަދަލުވުމުން މިހާރު ސަރުކާރުގެ ވެރިންނަށްވެސް މި ދުވަހާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

ދައުލަތަށް މުދާ ނެގުމާއި ބެހޭ ގަވައިދަކަށް އަމަލު ކުރަން ފަށާފައިވާއިރު ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައި އެވެ. އަދި ފަސް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވެ އެވެ.

މި ފައިސާ ރައީސް ޔާމީންގެ ފަރާތްޕުޅުން މުއްދަތު ހަމަވި އިރު ނުދައްކަވާ ކަމަށް އޭޖީ އޮފީހުން މީގެ ކުރިން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް