ޅ. ނައިފަރު ބޯޓެއްގައި މަސައްކަތް ކުރާ ބިދޭސީ އަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
ނައިފަރު ކައުންސިލުން މީޑިއާގައި ބުނީ އެމީހާ ބައްޔަށް ޕޮސިޓިވްކަން އެނގުނީ މިއަދު ކަމަށެވެ. އެމީހާ ބައްޔަށް ޓެސްޓު ކުރީ އަލާމާތްތައް ފެންނާތީ ކަރަންޓީން ކުރުމަށް ފަހު ކަމަށްވެ އެވެ.
އެޗްއީއޯސީން ބުނީ އެ ރަށުން ޕޮސިޓިވްވެފައިވަނީ އުމުރުން34 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެއް ކަމަށެވެ.
އެމީހާ މަސައްކަތް ކުރާ ބޯޓުގައި ހަތަރު ދިވެހިންނާއި ތިން ބިދޭސީން މަސައްކަތް ކުރާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
އެމީހާ ޕޮސިޓިވް ވުމާއި ގުޅިގެން ނައިފަރުގައި ކޮންޓެކްޓު ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ މަސައްކަތް ބޯޓު މިވަގުތު އޮތީ މާލޭގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް