ކޯވިޑް-19 ގައި އިތުރު ދިވެއްސަކު މަރުވެއްޖެ

ކޯވިޑް އަށް ފަރުވާ ދެމުންދިޔަ އިތުރު ދިވެއްސަކު މަރުވެއްޖެ އެވެ. ހެލްތް އެމަޖެންސީ އޮަޕަރޭޝަން ސެންޓަރުން ބުނީ މިއަދު މަރުވެފައިވަނީ އުމުރުން 77 އަހަރުގެ އަންހެނެއް ކަމަށެވެ. އެމީހާ މަރުވެފައިވަނީ މިއ...

12 Aug 2020 | 06:09

ކޯވިޑް އަށް ފަރުވާ ދެމުންދިޔަ އިތުރު ދިވެއްސަކު މަރުވެއްޖެ އެވެ.

ހެލްތް އެމަޖެންސީ އޮަޕަރޭޝަން ސެންޓަރުން ބުނީ މިއަދު މަރުވެފައިވަނީ އުމުރުން 77 އަހަރުގެ އަންހެނެއް ކަމަށެވެ. އެމީހާ މަރުވެފައިވަނީ މިއަދު ހެނދުނު 9:20 އެހާއިރު އެވެ.

އެޗްއީއޯސީން ބުނީ އެމީހާ މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

މިއީ މިބަލީގައި ރާއްޖޭގައި މަރުވި 21 ވަނަ މީހާ އެވެ. އަދި މި މީހާއި އާއި އެކު މި ބަލީގެ މަރުވި ދިވެހިންގެ އަދަދު ވަނީ 11 އަށް އަރާފައި އެވެ.

ކޯވިޑް-19 އާއި ގުޅިގެން އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިިނުމާއި އެކު ކޯވިޑަށް ޕޮސިޓިވްވާ މީހުން އިތުރުވެފައިވާއިރު މަރުވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އިއްޔެވެސް މި ބަލީގައި މީހަކު މަރުވެފައި އެވެ.

އެޗްއީއޯސީން ބުނީ ކޯވިޑަކީ ފަރުވާ އެއް ހޯދިފައިވާ ބައްޔަކަށް ނުވާތީ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދ އިތުރުވުމެވެ. މިހާރު ކޯވިޑަށް ފަރުވާދޭ އެކި ފެސިިޓީތަކުގައި 148 މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 5،000 އަށްވުރެ ގިނަ މީހުން ޕޮސިޓިވްވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް